ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން، އެ މީހުންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރާ އެ މައްސަލައާ ގުޅިގެން ހޯދަނީ ށ. މަރޮށި، ހަވާ، ސަދުޙާން އަޙްމަދު ޒާހިރު، 21، އާއި ހދ. ހަނިމާދޫ، ޗިޅިޔާގެ، މުޙައްމަދު ސިނާން، 25، ކަމަށެވެ. އެ މީހުން ހޯދަނީ ކޮން ކަހަލަ މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ނުބުނެއެވެ.
"މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.