ނަސީބާ އަތު ގުޅާލައިގެން ވަނަސް ބަލަމުން ހިތުގެ ކުލަޔަށް
ޚަޞީލަތް ލޯބި ނެތްނަމައީ އެހިތްވެސް ވާނެ ހަރު ހިލަޔަށް
އިމުން ބޭރަށް ނުކުތް ސިއްރެއް މޮޅިން އަދު ހާމަޔަށް އެއޮތީ
ދެމުނު ފަރުދާ ހިތުގެ ބޭރުން ވުމުން ދޯހަޅި ރުކުގެ އިލަޔަށް
ހަލުއިކޮށް ލޭ ހިނގާ ހިތަކަސް ރަހުމު ނުހިނގާ ހިތެއްނަމައީ
ހަލާކުގެ މަގުތަކުންދެވި ހިތް ލެވޭނީ ހިރަފުހާ ކިލަޔަށް
ހިފާ އޮޅުލައި އަތުވި ޖާހާ، ހިތުގެ ކުށްހީތަކާއެކުގައި
ދެފައި އަދި ހަރުނުލާ ހިތްތައް އަރައިގެން އެބަ ދެޔޭ ވިލަޔަށް
ވެވުނު ނަފުރަތުގެ ދެއަތުން ދަރު ހިތަށް ލައި އަންދަމުންދާނަމަ
ލެވުނު ހުޅު ފެތުރުމުން އާޚިރު ނުވާނެކެތެއް ނަގާ ދިލަޔަށް
އަޚާގެ ކަރަށް މަހާ ނަމަ މަޅި އަމިއްލަ އެދުން ތިބާ އިސްކޮށް
ފަހާދުވެ އޮހޮރި ދާތިކިވެސް ވަނީ ހިކުމުން ހިތުގެ މިލަޔަށް
