Support Us

ޚާދިމަކު ދިން ޙިކުމަތެއް

ލޯގަނޑެއް ކުރިފުޅު މަތީގައި ހުއްޓިލެއްވިޔެ ރަސްކަލެއް‏
ލޯގަނޑުން ދީދާރު ބެއްލެވުމަށް ގުދުވި ނުވެ ލަސްތަކެއް

އެހިނދުގައި އަދު ރަސްގެފާނަށް ލޯގަނޑުން ފެނި ލެއްވިޔޭ
ރުހިނުލައްވާ ފަދަ ގޮތެއްގަައި ހިތްޕުޅާނުވި ފުސްކަމެއް

މާލަމަށް އެއް ކުރުވިޔޭ އަދު އެންމެހާ ލޯގަނޑު ތަކެއް
މާލަހެއްނުވެ ފެނިވަޑައި ގެންނެވިޔެ ބޯވީ ހިރަފުހެއް

ގަދަ އަމުރު އެވަގުތު ކޮޅުން އިއްވައިފިޔޭ ގުގުމާލަމުން
އަނދަ އަނދާ ރޯވިޔެ އެމޫނުގަ ޒީލަގަދަވީ ހުޅުގަނޑެއް

"ހާހަކަށް ބާނދީން އުޅޭއަދު ގަނޑުވަރެއް މީ ވިސްނަވާ
ރާހަތެއް ނުކުރޭ އެއިންނެއް! އެކަމު ވާމީ ބޮޑުވަރެއް"

ސާފުތާހިރު ކުރުމުގައި ހުރި އުނިކަމަށް ފާޑެއް ކިޔާ
މާފު ނުމެކޮށް ވަކިކުރީއަދު އައި ރުޅިން ނެތި ލަސްކަމެއް

އެހިނދުގަައި ގެނަޔޭ މުޅިން އައު ޚާދިމެއް ޙާތިމް ކިޔާ
އެހިނދުގައި ފެންފޮތި ލަމުން ފޮހެ ނިންމިޔޭ ނެތި ހާސްކަމެއް

ނުހަނު ހިނިފުޅު ވަޑުވަމުން ހުރެ ބައްލަވައިފިޔެ ބޭފުޅާ
ނުހަނު ރުޅިގަދަ ވެއްޖެ އަލަކުން ރޯވަމުން ބޮޑު ހުޅުގަނޑެއް

"މިޔަކުނެތް އެއްވެސް ތަފާތެއް ތީމަކަރުވެރި ޖާހިލެއް
މިޔަކަނުން ހިނިތުންވެހުރެގެން ތިޔަ ހެދީ ބޮޑު ހީލަތެއް"

"ބައްލަވާ މާތް ރަސްގެފާނާ ލޯގަނޑުން ވިދުވަރު އަރާ
​ލައްތަކެއް އެވަނީ މަނިކުފާނުގެ ތިމޫނުގަ މީތެދެއް"

"އޮއި ދެމޭ ކޯރުގެ އެހެރަ އައްސޭރިޔަށް ދުރުވޭ އަލުން
ކޮއިލުގައި ތިޔަހެން ނުއިނދެ ދޮވެލާށެ އެކުގައި ފެންފޮދެއް"

ރަސްގެފާނަށް އެހިނދުގައި އަދު ވިސްނުނޭ ބޮޑު ޙިކުމަތެއް
ފަސްއަޅާ ފޮރުވާ ލެވެންނެތް ލިބުނެ އަލިގަދަ ޢިބުރަތެއް

ފާޑުވެރި ނަޒަރުން ބަލާއިރު ކުށްފެނޭ އަނެކުން ގެ ގައިން
ފާޑު އެހެނަސް ނަފުސަކަށް ނުކުރޭ މިދޭހުގަ ޙުރުމަތެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *