އޭ އަހަރެންގެ މޮޔަ ހިތާއެވެ!
ހިތާމަތަކާ މެދު ކަންބޮޑުވެ،
ފިކުރުކުރަން ނުހަދާށެވެ!
ކޮންމެވެސް ދުވަހަކުން،
ދުނިޔެއަށް އެނގި ފާޅުވާނެއެވެ!
ތި ފަރާތުގެ ވާހަކަ ވެސް މެއެވެ.
އެހެންވެ، އުއްމީދުތަކުން،
ފުރާލެވިފައި އޮތް ކަލޭގެ ހިތުން،
ޒަޚަމްތަކަށް ވެސް ޖާގައެއް ދޭށެވެ!
އަދި، ވޭނުގެ ހުޅުގަނޑު ބޮޑުވުމުން،
އެއަށް ވިހެ، އެކަން ބަރުދާސްތުކުރާށެވެ!
ބޭނުން އެއްވެސް ކަމެއް ނުވެ،
އަހަރެންގެ ހަޔާތް، ހުސް ވާހަކައަކަށްވެ،
އަހަރެން ނިމި ދިޔުމުގެ މައްސަލައަކީ ކޮބާ ހެއްޔެވެ؟
ދުނިޔެއަކީ ވަގުތީ ތަނަކަށްވާ އިރުއެވެ
އަވާ މެންދުރަކަށްވާތީއެވެ!
ޝަކުވާކުރުމުން،
ކަމެއް ހާސިލުވޭ ހެއްޔެވެ؟
ރުއިމުން،
ލިބޭ ފޮނި ނަތީޖޭއެއްވޭ ހެއްޔެވެ؟
އެއީ މުޅިން ބޭކާރު ކަންކަމެވެ
ޝަކުވާކޮށް ރޮއި ކަރުނު އޮހޮރުމެވެ.
އެއީ ދުނިޔޭގެ އާދައެވެ
ގާތް ތިމާގެ މީހުންވެސް ދުރުވުމެވެ
ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ
ދެން އެމީހުންވެސް ވެގެން ދެއެވެ
ނުދަންނަ ހިލޭ ބީރައްޓެހިންނަށެވެ!
އެހެންވެ، އޭ އަހަރެންގެ މޮޔަ ހިތާއެވެ!
ހިތާމަތަކާ މެދު، ކަންބޮޑުވެ ފިކުރު ނުކުރާށެވެ!
