އިސްރާއީލޭ ނަމަކަށް ކިޔާ ދައުލަތަށް 69 އަހަރު ފުރުމުގެ މުނާސަބަތުގައި– 2017ވަނަ އަހަރު– އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ދީނީ ބަޙުސެއްގައި ބައިވެރިވެ ވަޑައިގަތެވެ. މި ބަޙުސް ބޭއްވުނީ "ޔަހޫދީ ޢަރްޝި"ގެ ޢީދު ފާހަގަކުރެއްވުމަށް ޓަކައި އޭނާގެ ގޭގައި ބޭއްވެވި ޕާޓީއެއްގައެވެ. ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިސްރާއިލް ނެތިގެން ފުހެވިގެން ހިނގައިދާނެކަމުގެ އެބަ އޮތްކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ. ނަތަންޔާހޫ މި ބިރުފުޅު ހާމަކުރެއްވީ ޔަހޫދީ "ޙަޝްމޫނާއީމު ސިންގާސަނާ" 80 އަހަރުގެ މުއްދަތަކަށް ދެމި އޮތުމަށްފަހު ނެތިގެން ދިޔުމުގެ ފަސްމަންޒަރުގެ ތެރޭގައެވެ. ނަތަންޔާހޫ ވިދާޅުވިއެވެ. "އަހުރެން މަސައްކަތް މި ކުރަނީ އިސްރާއީލު ސަތޭކަ އަހަރާ ހަމައަށް ގެންދެވޭތޯއެވެ."

މި ޕާޓީގެތެރޭގައި ވާހަކަފުޅު ދައްކަވަމުން ނަތަންޔާހޫ ވިދާޅުވިއެވެ. "ޞުލްޙައޭ ކިޔައިގެން ވާހަކަ ދައްކާ މީހުން އެންމެ ފުރަތަމަ އިސްރާއީލަކީ ދައުލަތެއް ކަމަށް ޤަބޫލު ކުރަން ޖެހޭނެއެވެ. އިސްރާއީލުގެ ދައުލަތަކީ ޔަހޫދީ ރައްޔިތުންގެ ދައުލަތެވެ. އަހުރެމެންގެ ވުޖޫދުގެ މަތީގައި ޞުލްޙްވެރިވެރިވާން އެދޭ ފަލަސްޠީނުގެ ޖަމާޢަތްތަކާއެކު ބިލާހީ ޞުލްޙައެއް ޤާއިމުކުރުމަށް އަހެރެމެން ބޭނުމެއްނޫނެވެ." ނަތަންޔާހޫ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެން ބޭނުން ވަނީ ތިން ކަމެކެވެ. އިސްރާއީލުގެ ދައުލަތް ޤަބޫލުކުރުމާއި ޙަމާސްގެ ޢަސްކަރީ ފިޔަ ރޫޅައިލުމާއި، އަހުރެމެން ސުންނާފަތިކޮށްލުމަށް ގޮވައިލާ އީރާނާއެކު ގުޅުން ކަނޑައިލުމެވެ.މިއީ އަސާސީ ކަންތައްތަކެކެވެ. އަހުރެން ތެދުވެ މި ތިބީ އެ ކަންތައް ކުރާށެވެ."
ޙަޝްމޫނާއީމު ރަސްކަން ފަލަސްޠީނުގެ ބިމުގައި ޤާއިމު ކުރެވުނީ މީލާދީގެ 140 އަހަރު ކުރިންނެވެ. މި ރަސްކަން ނެތިގެން ދިޔައީ މީލާދީގެ 63 އަހަރު ކުރިން ރޯމަން އެމްޕެރަރު ފަލަސްޠީނު ހިއްޕެވުމުންނެވެ. ޙާޝްމޫނާއީމު ވެރިކަމަށް ދެމި އޮވެވުނީ 77 އަހަރުއެވެ.

ޔަހޫދީ ފުރަތަމަ ރަސްކަމަކީ އެމީހުން ދެކޭގޮތުގައި "ދާވޫދީ ރަސްކަން"ގެ ނަން ދެވިފައި ރަސްކަމެވެ. މި ވެރިކަމުގައި ޔަހޫދީ ހުރިހާ ދަރިކޮޅުތަކެއް (12 ދަރިކޮޅު) ޝާމިލުވެފައި ވެއެވެ. މި ރަސްކަން ފެށިފައި ވަނީ މީލާދީގެ 1020 އަހަރު ކުރިންނެވެ. މި ރަސްކަމުގެ ފުރަތަމަ ރަސްކަލަކީ ފުރަތަމަ ޝާއޫލް އެވެ. މި ރަސްކަން 76 އަހަރު ދެމި އޮތުމަށްފަހު ނެތިގެން ދިޔައީއެވެ. ތާރީޚު ޢިލްމުވެރިން މިފަދަ ރަސްކަމެއް ޤާއިމު ކުރެވުނު ކަމާމެދު ޝައްކު އުފައްދަވައެވެ. އެއީ މި ރަސްކަމާ ބެހޭ އެއްވެސް އާސާރެއް އަދި ފެނިފައި ނުވާތީއެވެ.
ކޮންމެ ހަތް އަހަރަކުން ހަތް އަހަރަކުން ކަމެއް
ފަލަސްޠީނުގައި ހިނގަމުންދާ ޙާދިސާތަކާމެދު ވިސްނަވާ ބޭފުޅުން ވިދާޅުވާގޮތުގައި އެއިން ކޮންމެ ޙާދިސާއަކީ އެއް ފިޔަވަހިން އަނެއް ފިޔަވައްސަށް ގެންގޮސްދޭ ޙަދިސާތަކެކެވެ. ކޮންމެ ފިޔަވައްސެއް ބަދަލުވަނީ ހަތް އަހަރުން ހަތް އަހަރުންނެވެ.
1987: ފުރަތަމަ އިންތިފާޟާ
ފުރަމަ އިންތިފާޟާގެ ކަނި ބުރައިގެން ދިޔައީ 1987 ގައެވެ. ފާޑަކަށް ހަނގުރާމައެއްނެތި ޞުލްޙަވެރިކަމެއްގެ ތެރޭގައި އުޅެމުންދަނިކޮށް މި އިންތިފާޟާގެ ސަބަބުން ދެ ފަރާތް ކުރިމަތިލުމަކަށް ދިޔައެވެ.
1993: އޮސްލޯ އެއްބަސްވުން
އޮސްލޯ އެއްބަސްވުމުގެ ސަބަބުން ފަލަސްޠީނާ އިސްރާއީލާ ދެމެދުގައި ސުލްޙަވެރި މާޙައުލެއް އަލުން ޤާއިމު ކުރެވުނެވެ. ކުރިމަތިލުންތަކަށް ހުއްޓުމެއް އައެވެ. މި އެއްބަސްވުމުގެ ސަބަބުން ފަލަސްޠީނު ސަރުކާރަށް ޣައްޒާއަށް ވަދެވުނެވެ. ބައެއް ދާރިސުންގެ ރައުޔުގައި މި އެއްބަސްވުމުގެ ސަބަބުން ފަލަސްޠީނު ބިމުގެ 78 އިންސައްތަ އިސްރާއީލަށް ލިބުނެވެ. އަދި ފަލަސްޠީނު މީހުން އިސްރާއީލަށް "ބޯލަނބައި" ބަޔަކަށް ވެގެން ދިޔައެވެ.
2000: ދެވަނަ އިންތިފާޟާ
މި އިންތިފާޟާ ފެށުނީ އިސްރާއީލުގެ އޭރުގެ ބޮޑުވަޒީރު އެރިއަލް ޝާރޫން އަލްމަސްޖިދުލް އަޤްޞާގެ ޙުރްމަތް ކެނޑުއްވުމުންނެވެ. މި އިންތިފާޟާގައި ޢަސްކަރީ ކުރިމަތިލުންތައް އިތުރުވެގެން ދިޔައެވެ.
2007: ފަލަސްޠީނު ރައްޔިތުން ބައިބައިވުން
ފަލަސްޠީނުގައި ބޭއްވުނު ބަރްލަމާނީ އިންތިޚާބުގެ ސަބަބުން ޙަމާސަށް ޣައްޒާއަށް އަތްގަދަ ކުރެވުނީ މި އަހަރުގައެވެ. ފަލަސްޠީނު ސަރުކާރު ފަތަޙަ ޖަމާޢަތަށް ތަބާވުމުގެ ސަބަބުން މި އިންތިޚާބުގެ ނަތީޖާއާ އެއްގޮތަށް ޞުލްޙަވެރިކަމާއެކު ފަލަސްޠީނުގެ ވެރިކަން ބަދަލުވެގެނެއް ނުދިޔައެވެ. މި އިންތިޚާބުގައި ފަތަޙަ ވަނީ ބަލިވެފައެވެ. މިކަމާ ވިދިގެން ފަތަޙަ ޖަމާޢަތާއި ޙަމާސް ޖަމާޢާތާ ދެމެދުގައި ޢަސްކަރީ ކުރިމަތިލުންތަކެއް ހިނގިއެވެ. ނަތީޖާއަކަށްވީ ފަތަޙަ ޖަމާޢަތް ހުޅަނގު އައްސޭރީގައި އަދި ޙަމާސް ޖަމާޢަތް ޣައްޒާގައި ވެރިކަން ކުރަން ފެށުމެވެ. ނަތީޖާއަކަށް ވީ ފަލަސްޠީން ރައްޔިތުން ބައިބައިވުމެވެ.
2014: އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހަނގުރާމައެއް ފެށުން
އިސްރާއީލުން ސިފަކުރިގޮތުގައި މިއީ އެބައިމީހުންނަށް ކުރަންޖެހުނު އެންމެ ދިގު ހަނގުރާމައެވެ. މި ހަނގުރާމަ 51 ދުވަހަށް ދެމިގެން ދިޔައެވެ. އިސްރާއީލުގެ އޭރުގެ ދިފާޢީ ވަޒީރު މޫޝޭ ޔަޢާލޫން ވިދާޅުވާގޮތުގައި މި ކުރިމަތިލުމަށް "ހަނގުރާމަ" އެކޭ ކިޔަން ޖެހުނީ މި ކުރިމަތިލުމުގެ މުއްދަތު ދިގުލައިގެން ދިޔުމުންނެވެ. މި ހަނގުރާމައިގައި އިސްރާއީލު ސިފައިންގެތެރެއިން މަރުވި މީހުން ވެސް ނިސްބަތުން ވަރަށް ގިނައެވެ. މި ކުރިމަތިލުމަށް ހަނގުރާމައެކޭ ކިޔުނު ތިންވަނަ ސަބަބަކީ މި ކުރިމަތިލުމުގައި ހިތްވަރުގަދަކަން ދެއްކި އިސްރާއިލު ސިފައިންނަށް އިސްރާއީލުގެ ހަނގުރާމައާ ބެހޭ ވުޒާރާއިން ޚާއްޞަ މެޑެއްޔެއް ދީފައިވުމެވެ. ދެހާސް އަށެއްގެ ޣައްޒާ ކުރިމަތިލުންތަކަށް ވެސް އަދި 2012ގައި ޖަޢުބަރީ އަވަހާރަކޮށްލި ކުރިމަތިލުންތަކަށް ވެސް އިސްރާއީލުން ހަނގުރާމައިގެ ނަމެއް ނުދެއެވެ.
2021–2027: އިސްރާއީލުން ހިފާފައިވާ ބިމުގެ ހިފުމަށް ނިމުމެއް އައުން
ފަލަސްޠީނުގެ ބައެއް ދާރިސުން ވިދާޅުވާގޮތުގައި މިއީ ޣައްޒާގައި މި ހުސްވި މޭ މަހު ހިނގި 11 ދުވަހުގެ ހަނގުރާމައިން ކުރަހައިލެވުނު މަންޒަރެވެ. ޤުދުސް ކަނޑީގެ ނަމުން ނަން ދެވިފައިވާ މި ހަނގުރާމައިގެ ސަބަބުން އިސްރާއީލުގެ އަތުން ފަލަސްޠީނު ބިން މިނިވަން ކުރުމުގެ ހަނގުރާމަ ފެށިއްޖެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި މި 7 އަހަރު ވާނީ ވަރަށް މުހިއްމު 7 އަހަރަށެވެ.
ދެހާސް އަކާވީސް ވަނަ އަހަރަކީ އިސްރާއީލުގެ ދައުލަތަށް 73 އަހަރު ފުރޭ އަހަރެވެ. އަދި 2027 ވަނަ އަހަރު އިސްރާއީލަށް 80 އަހަރު ފުރޭނެއެވެ. ޔަހޫދީންގެ ކުރީގެ ދެ ދައުލަތް 80 އަހަރު ނުވަނީސް ވަނީ ފަނާވެފައެވެ.
މަތީގައި އިޝާރަތްކުރި ފަދައިން 80 ވަނަ އަހަރަކީ އިސްރާއީލީން ވަރަށް ސުންޕާކަމަށް ދެކޭ ޢުމުރެކެވެ. ޙަމާސްގެ ޒަޢީމު އައްޝައިޚު އަޙްމަދު ޔާސީން ނިމުތުކުރައްވާފައިވާ ގޮތުގައި އެ ހިސާބަށް ދެވޭއިރު "އިސްރާއީލެއް ނޯންނާނެއެވެ."
ޔަހޫދީ މަޝްހޫރު މުފައްކިރެއް ކަމުގައިވާ ހެންރީ ކިސިންގަރ 30 އޮކްޓޫބަރު 2012ގައި ވިދާޅުވެފައި ވެއެވެ. "ދިހަ އަހަރުފަހުން އިސްރާއީލެއް ނޯންނާނެއެވެ." އެމެރިކާގެ ނިވްޔޯރކް ޕޯސްޓްގައި އެމެރިކާގެ ކުރީ ޚާރިޖީ ވަޒީރު ހެންރީ ކިސިންގަރ ވިދާޅުވެފައެވެ.
"In 10 years, there will be no more Israel"
އިސްރާއީލުގެ ޖާސޫސީ އިދާރާގެ އޭރުގެ ރައީސް މާއީރު ޑަގަން އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓް ދުވަހު ނޫހަށް ދެއްވި ބަޔާނެއްގައި ވެއެވެ. "އަހުރެމެން މި ތިބީ ބޮޑު ވެއްޓުމެއްގެ ތުންފަތްމަތީގައެވެ. އެއީ ކާރިސާއެކޭ އަހުރެން ނުބުނާނަމެވެ. ކުރިމަގަށް ބަލާއިރު ނިމުތުކުރެވެނީ ނުބައި ކަންތައްތަކެކެވެ."



advertisment