Support Us

މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީގެ ބާނީ އަވަހާރަވެއްޖެ

މެލޭޝިއާގެ އުފެއްދުންތެރި ފަންނިއްޔާތުގެ ޔުނިވަރުސިޓީ (ލިމްކޮކްވިންގ ޔުނިވަރސިޓީ)ގެ ބާނީ ޑރ. ލިމް ކޮކް ވިންގ، ޢުމުރުފުޅުން 75 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ.

"އަހަރެމެންގެ ރައީސް އަދި މުއައްސިސް ޕްރޮފެސަރ އެމެރެޓަސް ތާން ސްރީ ދާތޫ ސްރީ ޕަދޫކާ ޑރ. ލިމް ކޮކް ވިންގް އަވަހާރަވެއްޖެކަން ވަރަށް ފުން ހިތާމައާއެކު އިޢުލާންކުރަމެވެ." ޔުނިވަރުސިޓީގެ ބަޔާނުގައިވެއެވެ. "އޭނާގެ ތަޞައްވުރީ ވިސްނުންފުޅާއެކު އުފެއްދުންތެރިކަމާއި، އަދި ދުނިޔޭގެ ފެންވަރުގައި އުފެއްދުންތެރި ތަޢުލީމެއް ތަރައްޤީކުރުމުގައްޔާއި ޚާއްޞަކޮށް ކުރިއަރަމުން އަންނަ ދުނިޔެ ބާރުވެރިކުރުމަށް ޓަކައި އޭނާ ކުރައްވައިފައިވާ މަސައްކަތްޕުޅަކީ ފާހަގަކޮށްލެވޭ ފަދަ މަސައްކަތްޕުޅެކެވެ."

ލިމް ކޮކް އަވަހާރަވި ޚަބަރު ޔުނިވަރސިޓީއިން މިއަދު ޔަގީންކޮށްދިނީ މީގެ އެއް ހަފުތާކުރިން އޭނާގެ ގެކޮޅަށް ވެއްޓި އަވަހާރަވެއްޖެ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ. ނަމަވެސް އެ ފަހަރު އޭނާ ވަނީ ހޮސްޕިޓަލުގައި ބާއްވައި ފަރުވާދީ ހަމައަކަށް އެޅިފައެވެ.

ތަޢުލީމީ މާހިރެއް ކަމުގައިވާ ފަންނާނު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ލިމް ކޮކް ވިންގ، ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާގެ ނަމުގައި ޤާއިމުކުރެވިފައިވާ ޔުނިވަރސިޓީތަކުގެ ސަބަބުންނެވެ.

ޑރ. ލިމް އެންމެ ފުރަތަމަ ދިރިއުޅުމުގެ މައިދާނަށް ނުކުމެވަޑައިގަތީ ކުރެހުންތެރިއެއްގެ ގޮތުގައެވެ. މެލޭޝިއާއާއި ސިންގަޕޫރުގައި ފުރަތަމަ އުފެއްދުނު ކާޓޫނު ސިލްސިލާ "އޭބީޔޫ"ގެ ފަހަތުގައިވާ ގަލަމަކީ އޭނާއެވެ. ފަހުން "އީސްޓަރން ސަން" ގޮތުގައި ނެރެމުން ގެންދިޔަ ނޫހުގެ ފެށުމަކީ އެއީއެވެ. ނަމަވެސް މިހާރު އެ ނޫސް ނުކުތުން ވަނީ ހުއްޓިފައެވެ.

އޭގެ ފަހުން އޭނާ ބަދަލުވެވަޑައިގަތީ އިޝްތިހާރު ކުރުމުގެ ދާއިރާއަށެވެ. އޭގެ ފަސް އަހަރު ފަހުން މެކްކާން އެރިކްސަންއާއެކު އޭނާގެ އަމިއްލަފުޅު ކުންފުންޏެއް އުފައްދަވައިގެން ވިޔަފާރީގެ ތެރެއަށް ވެދެވަޑައިގަތެވެ. "ވިންގްސް ކްރިއޭޓިވް ކޮންސަލްޓެންޓްސް"ގެ ނަމުގައި 1975ގައި މި ފަށައިގަތް ކުންފުންޏަކީ މެލޭޝިއާގެ ތާރީޚުގައި ވެސް ފުރަތަމަ އުފެދުނު މެލޭޝިއާގެ ފުރަތަމަ ޕްރޮފެޝަނަލް އެޖެންސީއެވެ.

ތިން އަހަރަށްވުރެވެސް ކުރު މުއްދަތެއްގައި ދުނިޔޭގެ ގިނަ ގައުމުތައް ގުޅިފައިވާ އެންމެ ބޮޑު އުފެއްދުންތެރި ކުންފުނި ކަމުގައިވާ ބީބީޑީއޯއާއެކު ބައިވެރިވެވަޑައިގެން ވިޔަފާރި ކުރިއެރުއްވިއެވެ.

ޑރ. ލިމްގެ ސަމާލުކަން ތަޢުލީމަށް އަނބުރައިލެއްވީ 1991 ގައި "ލިމްކޮކްވިންގ އިންސްޓިޓިޔުޓް އޮފް ކްރިއޭޓިވް ޓެކްނޯލޮޖީ" އުފައްދަވައިގެންނެވެ. އެ އިންސްޓިޓިޔުޓަކީ މެލޭޝިއާގެ ފުރަތަމަ އަމިއްލަ ޔުނިވަރސިޓީ ކޮލެޖްގެ ގޮތުގައި ސަރުކާރުން ބަލައިގަތް މުއައްސަސާއެވެ. އެ ތަން ފަހުން ޔުނިވަރސިޓީއަކަށް ތަރައްޤީކުރައްވައި "ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޯލޮޖީ"ގެ ނަމަށް ބަދަލުކުރެއްވިއެވެ.

މި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މި ޔުނިވަރސިޓީ ދުނިޔެއިން ބަލައިގަނެ "ލިމްކޮކްވިންގ" މި ނަމުގައި އޭގެ ވަރަ ދުނިޔެއަށް ފެތުރުނެވެ.

މީގެ އިތުރަށް އެ ޔުނިވަރސިޓީގެ ދިދަ މެލޭޝިއާގެ ސައިބަރޖާޔާއާއި ސަރަވާކްގައި ހުޅުވުނު ކެމްޕަސްތަކުގައި ވިހުރޭން ފެށިއެވެ. މީގެ އިތުރަށް ކެމްބޯޑީއާއާއި ބޮޓްސްވާނާއާއި ސިއެރާލިއޯނާއި އިނގިރޭސިވިލާތުގައި ވެސް އެ ޔުނިވަރސިޓީގެ ކެމްޕަސްތައް ޤާއިމުކުރެވުނެވެ. އެ ޔުނިވަރުސިޓީގެ ވެބްސައިޓްގައިވާ މަޢުލޫމާތަށް ބަލާއިރު ދުނިޔޭގެ 165 ގައުމަކުން އެތައް ހާސް ދަރިވަރުންނެއް ވަނީ "ލިމްކޮކްވިންގ"ގެ ތަޢުލީމީ ހިޔާވަހިކަމުގެ ދަށުން ތަޢުލީމު ޙާޞިލުކޮށްފައެވެ.

މިއީ މެލޭޝިއާގައި ތަޢުލީމު ޙާޞިލުކުރަމުންގެންދާ ދިވެހި ބައެއް ކުދީން ވެސް ތަޢުލީމު ޙާޞިލުކޮށްފައިވާ ޔުނިވަރސިޓީއެކެވެ.

(މެލޭމެއިލް/ފްރީމެލޭޝިއާޓުޑޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *