ކިބުރާ ހަސަދައިންވީ ދުރުވާށޭ ސޮބުރާ އެކު ވީ ލޯ ހުޅުވާށޭ
ލިބިދާ މިކަހަލަހާ ފުރުސަތުގާ އިބުރަތުގެ ފިލާވަޅު ހޯދާށޭ
ބޭނުން ހުރިހާ ވީ ވަގުތެއްގާ ބޭރަށް އުފަލުން ގޮސް އުޅުނު ގޮތާ
ބޭކާރުވެ ގަޑިތައް ގުނުމެއްގާ ގޭގާ ތިބެލާން އަދު ޖެހުނު ގޮތާ
ހޭވެރިކަމުގާ ތެދު ނިޔަތެއްގާ މޭރުންކޮށް ރަނގަޅަށް ވިސްނާށޭ
ލިބިދާ މިކަހަލަހާ ފުރުސަތުގާ އިބުރަތުގެ ފިލާވަޅު ހޯދާށޭ
އެކުވެރިކަމުގާ އަތްތައް ގުޅަމުން ދެކެމޫނު އުފާ ހިނިތުން ކުރަމުން
ފިކުރާ ހަމަވާހާ މޭޒުތަކުން އެ ކުރާ މަޖިލިސްތައް ހަނދުމަ ވުމުން
ޝަކުވާ ނުމެކޮށް އޮތް ރީތިގޮތުން ސިކުނޑީގެ ތަސައްވަރު ހޯދާށޭ
ލިބިދާ މިކަހަލަހާ ފުރުސަތުގާ އިބުރަތުގެ ފިލާވަޅު ހޯދާށޭ
ހީވޭތަ اﷲ ގެ މަތިވެރިކަން ހީވޭތަ ތިމާ ހުރި ނިކަމެތިކަން!
ހީވޭތަ މި އައި ބޮޑު ބަލިމަޑުކަން ހީވޭތަ ދިފާއެއް އަތުނުވިކަން!
ހީވޭތަ ހުރިއްޔާ ތެދުވެރިކަން އީމާނުގެ ތަށި ވީ ހޯދާށޭ
ލިބިދާ މިކަހަލަހާ ފުރުސަތުގާ އިބުރަތުގެ ފިލާވަޅު ހޯދާށޭ
