ދުނިޔެ ގެންދާ ކޮންމެ ތާކަށް ނުރުހުނަސް އިބަ ދާންޖެހޭ
އުނި ސިކުނޑިޔަށް ނޭނގުނަސް އެބަ އެނބުރުމާ އެކުވާންޖެހޭ
މިތުރުކަމުގައި ލެފިއުޅޭ ހިނދު ހިޔަނިހައި ގާތަށް އަޔަސް
ހިތުގެ ލަގަނުން ދޫވެދާފަދަ ކަންކަމާ ދުރުވާންޖެހޭ
ޢިޝްޤު ދުލުގައި ހޭކިލީމާ ޒަހަރު، ސަރުބަތު ނޭނގުނަސް
ގިސްލުމާ ހުނުމާ ، ތަފާތުވެ ، ހުދު ކަޅާ ވަކިވާންޖެހޭ
ހެއްކަކަށް ޢިލްޒާމުތައް ގިނަ އެޅި ނުބައިވި ޚަޞީލަތުން
ލައްކަ ގިނަ ބޭޒާރުތައް އެބަ ފަސްއަޅާ ފޮރުވަންޖެހޭ
ފާލަމުން ދުނިޔޭގެ ކެހިވެރި، ޙައްޤު ނޫން އަދަބެއް ލިބޭ
ހާލަތަށް ހިތަކީ އެކަތަ ފަދަ މައުދަނެއްކަމު ވާންޖެހޭ
އެންމެ ކުރުކޮށް ހާމަކުރަމޭ، ހަމުގެ ޒަޚަމާ ހިތު ލަކުނު
ކޮންމެހެން ބޭނުން އެއީ ދެ ފިލާވަޅެއް ކިޔަވަންޖެހޭ