ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ދިވެހި ބަލި މީހެއްގެ މޫނުމަތީގައި އަތްދަމާފައި ޖެހި ބަންގާޅީ އެހީތެރިޔާ ހައްޔަރުކޮށް މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ އެ ބަލި މީހާގެ މޫނުމަތީގައި ބަންގާޅީ އެހީތެރިޔާ ޖަހައި އަނިޔާކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހަވީރު 4.30 ހާއިރު ކަމުގައި ފުލުހުން ބުނެއެވެ.
"ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައި، އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި އެހީތެރިޔާ ޖަހައި އަނިޔާކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިގެން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ދިވެހި ބަލި މީހާގެ ގައިގައި ޖަހައިފައި ވަނީ 31 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ.
ބަލި މީހާގެ ގައިގައި އެ މީހާ ޖެހިކަން ފަޅާއެރީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި، އެ ބަލި މީހާގެ އެނދުގެ ކުރިމަތީގައި ހުރި އެނދެއްގައި އޮތް މީހަކު އެ މަންޒަރުގެ ވީޑިއޯ ނަގައި، ހާމަކުރުމުންނެވެ. އެ ވީޑިއޯ މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.
Hulhumale Medical Facility gai oi bali meehegge kanfai matheega, aailaage faraathun, eheetheriyakah bahattaafai huri bangaalhee aku varah baarah miadhu jahaifi. Heyonuvaane mihen hadhan. pic.twitter.com/7MGIAsQlq8
— fisaarithedhu (@fisaarithedhu) May 26, 2021
އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޖާނުން ވަރުގަދަ ބަންގާޅީ މީހާ، ބަލި މީހާގެ މޫނުމަތީގައި ވަރަށް ބާރަށް ޖަހައެވެ. މުޅި ތަނަށް އަޑު އިވެއެވެ. އެއާއެކު އޭނާ ވަރަށް ބާރަށް ރޯންފަށައެވެ. ރޯން ފެށީމާ ވެސް އެ މީހާ ގޮސް، ދެ ވަނަ ފަހަރަށް ވެސް ޖަހަން ވެގެން އަތް މަޅައިލައެވެ. ބަލި މީހާ ރުއިން ހުއްޓާލީ ބިރުން، އެ ހިސާބުންނެވެ.
Police is attending to a reported case of abuse against a patient by the family appointed caretaker at HMF.
The bystander has been removed and the family has been informed.
HMF medical is attending to the patient.
— Mabrook Azeez (@MvSpokesperson) May 26, 2021
ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވެސް ވަނީ އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.



advertisment