Support Us

ލޮކްޑައުނޭ ނުބުނެ މާލެ ސަރަހައްދު ލޮކްޑައުންކޮށްފި

ލޮކްޑައުންއޭ ނުބުނެ، ނަމަވެސް ލޮކްޑައުން ކޮށްފައި އޮންނަ އިރު ކަންކަން ކުރާ ހާލަތަށް މާލެ ސަރަހައްދުގައި މިއަދުން ފެށިގެން އަމަލްކުރަން ފަށައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ރޭ ނެރުއްވި ގަރާރުގައި ވަނީ ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާ ކަމަށާއި އަދި އިސްވެ ބަޔާންކޮށްފައިވާ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި ވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހުއްދަޔާއެކުގައި ނޫނީ ބޭރުގައި ނޫޅެވޭނެ ކަމަކަށެވެ. މީގެ ކުރިން މާލެ ލޮކް ޑައުނަކަށް ދިޔައިރު ވެސް ބޭރަށް ނުކުމެ އުޅެވެނީ ހުއްދަ ލިބިގެންނެވެ. ނަމަވެސް މިހާރު އަމަލް ކުރަން ފަށައިފައިވާ ހާލަތަށް ލޮކްޑައުންއޭ ކިޔަން ސަރުކާރުން ބޭނުމެއް ނުވެއެވެ.

"… ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، 2021 މޭ 26 ވަނަ ދުވަހުން ފެށިގެން، 2021 ޖޫން 8 ގެ ނިޔަލަށް މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ގުޅިފަޅާއި، ތިލަފުށްޓާއި، ހުޅުލެ) ގައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް އަހުރެން އަންގަމެވެ."

އަޅަން ނިންމި ފިޔަވަޅުތައް:

  1. ހަވީރު 4 އިން ފެށިގެން ހެނދުނު 8 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން.
  2. 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވަގުތު ފިޔަވައި އެހެން ވަގުތުތަކުގައި ވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހުއްދަޔާއެކުގައި ނޫނީ ބޭރުގައި ނޫޅުން.
  3. ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ، އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތް ދޭ އެންމެހައި ތަންތަނުން ޓޭކް އަވޭއާއި ޑެލިވަރީގެ ޚިދުމަތް ފިޔަވައި އެހެނިހެން ޚިދުމަތް ދިނުން ހުއްޓައިލުން. މި ތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނީ، ހެނދުނު 6 އިން ފެށިގެން ރޭގަނޑު 12 އަށެވެ. އަދި ޓޭކްއަވޭގެ ޚިދުމަތް ދެވޭނީ، ހެނދުނު 8 އިން ފެށިގެން ހަވީރު 4 އަށެވެ.
  4. ހުއްދަ ނަގައިގެން ހެނދުނު 8 އިން ފެށިގެން ހަވީރު 4 އަށް ފިހާރަތަކަށް ގޮސް ވިޔަފާރިކުރުން. އަދި ފިހާރަތަކު ން
    ޑެލިވަރީގެ ޚިދުމަތް، ހެނދުނު 6 އިން ފެށިގެން ރޭގަނޑު 12 އަށް ދިނުން.
  5. އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން.
  6. ކޮންސްޓްރަކްޝަން މަސައްކަތްތައް ހުއްޓައިލުން.
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް