ކޮރޯނާއަކީވެސް އިލާހިއްޔަ ދަރުސެއް
ވެރޯނާ ދަނީނަމަ ޖެހުން ކައިރި ބައްޔެއް
ޖަހާލަތުގެ ނާމާން ކަނޑަށް ޣަރަޤުވީމާ
ޖަހާ މުޑިނަގާ ފާޅުގައި އަންނަ ރާޅެއް
ރިބާއާ ޖުވާއާ ނުބައިހާ ވަބާތައް
ތިބާމެން ކިބައިން ދުރުކުރާ މޮޅުވިބާމެއް
އިލާހުގެ މަގުން އަޅުތަކުން ދުރުވެލީމާ
ކިލާހިތްތަކުން ފިލުވުމަށް އަންނަ މަޠަރެއް
ތިމާމެންގެ ހައްދުން އަޅުން ބޭރުވީމާ
ތިމާމެންގެ ސައިޒަށް ކަނޑާލެއްވި ކަތުރެއް
އަލުން ހެޔޮމަގަށް އެނބުރި އައުމަށް ގޮވާލާ
ދުލަށް ހެޔޮޒިކުރުތައް ގެނެސްދިން ނަޒީރެއް