ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކަކާއެކު ދެ މީހަކު އައްޑޫސިޓީން އިއްޔެ ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުންނަކީ ވެސް ދިވެހިންނެވެ. މި ދެމީހުން ހައްޔަރު ކޮށްފައިވަނީ އައްޑޫސިޓީ ހިތަދޫން ފޭދޫއަށް ދަތުރުކުރި ޓެކްސީއެއްގައި ބަނގުރާ ގެންދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މަރަދޫއާއި ފޭދޫ ގުޅޭ ހިސާބުން ޓެކްސީ ހުއްޓުވައި ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 7 ފުޅި ފެނިގެން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment