Support Us

މިހާތަނަށް ކޮވިޑްގެ އެންމެ ގިނަ މަރު އިއްޔެ: ދުވަސް ނިމުނީ 13 މަރާއެކު

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އިއްޔެ އަކީ އެންމެ ހިތާމަވެރި ދުވަހެވެ. އެއީ މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ހޯމަ ދުވަހު ވަނީ ޖުމްލަ 13 މީހުން މަރުވެފައެވެ. އޭގެތެރޭގައި އައްޑޫ ސިޓީ އާއި ޅ. ހިންނަވަރުން މަރުވި ދެ މީހަކުވެސް ހިމެނެއެވެ. މާލޭގައި އިއްޔެ މަރުވި 11 މީހުންނަކީ ވެސް ކޮވިޑްގައި މަރުވި މީހުންނެވެ.

އިއްޔެގެ 13 މަރާއެކު ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 142 އަށް އަރައިފައެވެ. މީގެ ތެރެއިން 69 މީހުން މަރުވެފައި ވަނީ މި މަހުގައި ފާއިތުވި 24 ދުވަހުގެ ތެރޭގައެވެ.

އިއްޔެގެ ކޮވިޑް މަރުތަކުގެ ތަފްސީލް:

  1. 02:02 ގައި ދޮންތުއްތު، ގ. ގުލްޝަންވިލާ، 81، އައި.ޖީ.އެމް.އެޗުގައި މަރުވި
  2. 04:25 ގައި އަހުމަދު މުހައްމަދު، ދަފުތަރު، 58، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
  3. 03:18 ގައި އަލިމަނިކު، މ. މޯނިންގްވިލެޖް، 77، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
  4. 06:55 ގައި ހަސަން މުހައްމަދު، ޝައިނިންގ ސްޓާރ، ހއ. ބާރަށް، 93، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
  5. 07:44 ގައި މުހައްމަދު ރަޝާދު، މއ. ރަޝާދުގެ، 85، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
  6. 11:07 ގައި މޫސާ ހަސަން، ހީނާމާއާގެ، 87، ޅ. ހިންނަވަރު ހެލްތު ސެންޓަރުގައި މަރުވި
  7. 14:25 ގައި އަބްދުއްސަމަދު، ގ. ސިނަމާލެ ފްލެޓް 04-12، 78، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
  8. 14:50 ގައި ހުސްނުއްނިސާ (ދޮންކަމަނަ) މ. މުލި، މާލެ، 82، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
  9. 18:48 ގައި އާމިނަތު ނައީމާ، ރޯޝަނީގެ، ލ. މާބައިދޫ، 41، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
  10. 19:53 ގައި އަކިޓޯ ފުރޫޖޯ (ޖަޕާން) 86، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
  11. 22:20 ގައި މުހައްމަދު، ރަހަދޫގެ، ސ. ހިތަދޫ، 83، އައްޑޫ ކޮވިޑް ފެސިލިޓީގައި މަރުވި
  12. 23:27 ގައި ސަލީމާ އަހުމަދު، ގ. ފެމޯރާގެ، 80، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
  13. 23:30 ގައި އިބްރާހިމް ޝަފީގު، ހުޅުމާލެ ފްލެޓް، 57، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މަރުވި
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް