Support Us

ފަލަސްތީނުގެ ޙާލަތާމެދު…

* ރާގު: ތުމް އަޕްނީ ޔާދު ބޭ ދިލް ސޭ

ފަލަސްތީނީން އުޅޭ ހާލާމެދަށް ނުރޮވޭ ވަރެއް ނޫނޭ
ބަލަން މިލޮލުން އެ އަނިޔާތައް ހިތަށް ކެތްވާ ވަރެއް ނޫނޭ

ވެހޭ ވާރޭ ފަދައިން އޮހެމުން ބޮމާ ބަޑިޔާ މިސައިލު ތަކާ (2)
އިވޭ ރުއިމާ ހަޅޭ ލެވުމާ، އިވޭ ތަކުބީރު ތަހުލީލާ
އިވޭ ގިސްލާ އަޑާ ރުއިމާ އަހަން ކެތްވާ ވަރެއް ނޫނޭ
ފަލަސްތީނީން އުޅޭ ހާލާމެދަށް…

ލިބެން ބޯފެންފޮދެއް ނެތިފާ ތަނަށް ވޮށް އަލިކަމެއް ނެތިފާ (2)
ދެވެން އެއްވެސް ތަނެއް ނެތިފާ އަޅާ ވޭނުންމި ކެތްނުވެފާ
ތިބޭ ހައިހޫނުކަން އެނގި، ގިސްލަމުން ނުރޮވޭ ވަރެއް ނޫނޭ
ފަލަސްތީނީން އުޅޭ ހާލާމެދަށް…

މައިން ކަތިލައި ޤަތުލު ކުރަމުން ދަރީން ގުނަވަން ކަނޑައި އުކަމުން (2)
ކަރަށް ފައިންވެސް އަރައި މަރަމުން ޖަހާ ފިސްތޯލަޔާ ވަޒަނުން
ބަލަން އިންސާނުނަށް އެ ޢަމަލު ކަރުނަ ހިފިދާ ވަރެއް ނޫނޭ
ފަލަސްތީނަން އުޅޭ ހާލާ މެދަށް…

ނުބައި އިޒުރޭލު ޣައްދާރުން ނުބައިކަން ހައްދު ފަހަނަ އެޅުން (2)
ނުބައި ޤާތިލުގެ އަނިޔާއިން ފަލަސްތީނުގެ ޖިހާދީންނަށް
އުފާވެރި ނަޞްރަކަށް އެދިގެން ދުޢާކޮށް ދަންނަވަން ވާނޭ
ފަލަސްތީނީން އުޅޭ ހާލާމެދަށް…

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *