Support Us

ކޮވިޑަށް ޓެސްތކުރުމަށްޓަކައި ކުޅުދުއްފުށީގައި ހަރަކާތްތެރިވަނީ -ފޮޓޯ: ކުޅުދުއްފުށި ހޮސްޕިޓަލް

އިންޒާރު! މިއަދު 2،194 މީހުން ޕޮޒިޓިވް

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި، 2،194 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ، ބަލިފެތުރުމުގެ ނުރައްކާތެރި އިންޒާރެއް ދީފިއެވެ. މިހާ ގިނަ މީހުން ޕޮޒިޓިވް މިވީ މި މަހުގެ 15 އިން ފެށިގެން ހަތަރު ދުވަހު ނެގި ސާމްޕަލްތަކާއެކު ޖުމްލަ 7،259 ސާމްޕަލްގެ ނަތީޖާ އެއްފަހަރާ ލިބުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗް.އީ.އޯ.ސީ)ން ބުނެއެވެ.

މިއަދު މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ޕޮޒިޓިވްވި 2،194 މީހުންގެ ތެރެއިން 1،698 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 467 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ރިސޯޓުތަކުގައި 29 މީހުން އެބަތިއްބެވެ.

މިއަދުގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 50،802 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 30،403 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 20،276 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 280 މީހަކަށް ފަރުވާދެމުން އަންނައިރު 114 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް