މާތްވި ބިމުގައި މުސްލިމުންތައް ޤަތުލުކޮށް ހުސްކޮށްފިޔޭ
މާތް ބިމަށް އެ ނުބައި ޔަހޫދީން މިއަދު އަތްގަދަ ކޮށްފިޔޭ
ފިއްތަމުން މުށްބާރުކުރަމުން، ނޭވައެއް ލާން ދޫނުކޮށް
ދުއްތުރާ ތަކުރާރުކުރަމުން، ބިންތަކުން ފައްސައިފިޔޭ
ހިޔަލަކަށް އުއްމީދުކޮށް ފުޅަފެއްގެ ބިއްދޮށުގައި އޮތަސް
މިޔަތަކާ ވަޒަނާ ބޮމަށް ހޭނެން މިއަދު ޖައްސައިފިޔޭ
ބިންތަކަށް ހެޔޮ މޫސުމުގެ ވައިރޯޅި ޖެހިލީވަގުތުވެސް
ބަނަވިލާގަނޑަކުން ވެހޭހެން ބޮންތަކެއް އޮއްސައިފިޔޭ
ހިތް ސިހޭސިހުމަށް ޝަފާޢަތް، ހޯދުމަށް ދިޔަވަގުތުގައި
ހިތްތަކަށް ފިނިކަން އެދިން އަޤްޞާ ލެއިން ކަޅިކޮށްފިޔޭ
ލޯތަކާ ކަންފަތްތަކަށް، ގިސްލުންތަކާ އަނިޔާތަކާ
ގޯތިތެރެއިން ދެއްކުމަށް އޮތްމަގު މިއަދު ބައްދައިފިޔޭ