މި ބިމުގައި ފޮޅި ފަރިވި މާތައް މޯޅިވެއްޖޭ އަސަރުގައި
ސަބުރުވެރި ހިތްތައް މިލައިފިޔެ ކެތްނުވާ ދިލަ ހޫނުގައި
ފިނި ހިޔާ ލިބިދިން ނަސީބުގެ ރޯޅިވައިވެސް ހިނދި މުޅިން
ބަނަވެ އުދަރެސް އަނދިރިވެއްޖޭ ޒުލުމުވެެރި އާފާތުގައި
ލޭގެ ގުރުބާނީން ބިމުގެ މަތިވެެރި ޝަރަފު ދަމަހައްޓަނީ
އޭގެ ބަދަލަށް ޢަދުލުވެެރި އިންސާފު އެެދެވޭ ޙާލުގައި
ހިތުގެ އީމާންތެރިކަމުގެ ހަކަތައިގެ ބާރުން ދިރި ތިބީ
ހަތުރުވެރި ވިސްނުންތަކުން ހަތިޔާރު އެޅި މައިދާނުގައި
އަހަރެމެންގެ ލެއިން ޔަހޫދީން އަރު އެ ތެންމާތެންމުމުން
ހަހުރަވެތި މައުސޫމު ޖީލެއް ލެވިދެއޭ އެބަ ކަފުނުގައި
ހާމަޔަށް އޮތް ބިމުގެ އިސްލާމިއްޔަ ލޯ ތެމި ފޯވަނީ
ކާމިޔާބާ ނަސްރު އެދިގެން ދެންނެވޭ ތަކުބީރުގައި
މަންޒަރަށް ވިސްނާ، ބަލާ ދުނިޔޭގެ ލޯތައް ފަހެ ކޮބާ؟
ކޮންކަމެއްހޭ ކުރެވުނީ އަދު ޙާލު ދެކި އިންސާފުގައި