ކ. ހިންމަފުށީ ކައިރީގައި އޮންނަ ރިސޯޓަކުން ވަގަށް ނެގި ބަނގުރާ ފުޅިތަކެއް އެ ރިސޯޓުން ބޭރު ކުރަން އުޅެނިކޮށް ފުލުހުން އިއްޔެ އަތުލައިގެންފިއެވެ.
ރިސޯޓުގެ ނަން ނުބުނެ، ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓަކުން ބަނގުރާ ފުޅިތަކެއް ވަގަށް ނަގައިގެން އެ ރިސޯޓުން ބޭރު ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ މެންދުރު ހިންގި އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގަނެފައިވަނީ އެ ރިސޯޓުގެ ވޯޓަރވިލާ ޖެޓީ މަތިން ކަމަށެވެ. އަތުލައިގަތް ސާމާނުގެ ތެރޭގައި 53 ފުޅި ބަނގުރަލާއި 12 ދަޅު ބިޔަރު ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment