Support Us

ހަނގުރާމަ ހުއްޓުވުމަށް ޤަޠަރާއި މިޞްރުން ކުރި މަސައްކަތް އިސްރާއީލާ ހެދި ނާކާމިޔާބު: ސީއެންއެން

ފަލަސްޠީނުގެ ޙަމާސާ ޙަވާލާދީ ސީއެންއެން ބުނާގޮތުގައި އިސްރާއީލާ ފަލަސްޠީނުގެ މުޤާވާމާ ޖަމާޢަތްތަކާ ދެމެދުގައި ބަދަލު ކުރެވެމުންދާ ހަނގުރާމަވެރި ޢަމަލުތައް ހުއްޓުމަކަށް ގެނެވޭތޯ ޤަޠަރާއި މިޞްރުން އިއްޔެ ކުރި މަސައްކަތް އިސްރާއީލާ ހެދި ނާކާމިޔާބުވެއްޖެއެވެ. ޙަމާސްގެ މަސްއޫލުވެރިއަކު ސީއެންއެނަށް ދެއްވި ބަޔާނެއް ބުނާގޮތުގައި މި މަސައްކަތް ކައްސާލައިގެން ބިންމައްޗަށް ވެއްޓުނީ އިސްރާއީލުން ފަލަސްޠީނުގެ މުޤާވަމާ ޖަމާޢާތްތަކަށް އިސްވެ ޙަމަލާތައް ހުއްޓައިލުމަށް ބުނުމުންނެވެ. އޭނާ ވިދާޅުވިގޮތުގައި މި ކަން "އަހުރެމެން ޤަބޫލެއް ނުކުރާނަން" އެވެ. ޙަމާސާއި ފަލަސްޠީނުގެ ޖަމާޢަތްތަކުން އިސްރާއީލުގެ ހުށައެޅުމަށް ވަގުތުން ވަނީ ނޫނެކޭ ބުނެފައެވެ.

ޙަމާސްގެ މި މަސްއޫލުވެރިޔާ އިސްރާއީލުގެ ހުށައެޅުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އިސްރާއީލުގެ ލަޝްކަރުތަކުގެ ވެރީންނާ ބައްދަލު ކުރައްވައި އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނު ހުއްޓައިނުލައި ކުރިއަށް ގެންދިޔުމަށް ފެހިއަލި ދެއްވުމުންނެވެ.

ނަތަންޔާހޫ ވިދާޅުވިއެވެ. "އިސްރާއީލުގެ ހުރިހާ ރައްޔިތުންނަށް ސުލްމަސަލަސްކަމާއި އަމްންއަމާންކަން ލިބެންދެން އަހުރެމެންގެ ޙަމަލާތައް ކުރިއަށް ގެންދިޔުމަކީ އިސްރާއީލަށް ޟަރޫރަތެކެވެ."

ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ފިޔައިގެ ތަރްޖަމާނު އަބޫ ޢުބައިދާ މި ކަމަށް ރައްދު ދެއްވައި ވިދާޅުވިއެވެ. "އެހެން ވިއްޔާ ރޮކެޓްގެ އައު ވިލާގަނޑެއް އިސްރާއީލުގެ މައްޗަށް ނަންގުވައި އޮއްސާލާނަމެވެ." އޭނާ ވިދާޅުވިއެވެ. "އިސްރާއީލު ސިފައިން ޣައްޒާގެ ތަފާތު ހިސާބުތަކަށް ރޭ ވަނީ ޙަމަލާދީ ބޮން އަޅައިފައެވެ. އަމާންކަމާއެކު ދިރިއުޅުމަށް އަހުރެމެންގެ އަޚުންނާއި އުޚްތުން ދޫކޮށް ނުލައިނަމަ އަހުރެމެން ތައްލު އަބީބަށް ޙަމަލާދޭން އަލުން ފަށާނަމެވެ."

މި މަހުގެ 10ވަނަ ދުވަހުން ފަށައގެން އިސްރާއީލުން ދަނީ ޣައްޒާގެ ޢާއްމު ގެތަކަށާއި ސަރުކާރުގެ މުއައްސަސާތަކަށާއި ހަސްފަތާލުތަކަށާއި މަދަރުސާތަކަށް ބޮމުގެ ޙަމަލާތައް ދެމުންނެވެ. ނޫސްވެރީންނަށް ދަނީ ހުރަސްއަޅަމުންނެވެ. ރެޑް ކްރެސެންޓް ޖަމްޢިއްޔާތަކުގެ  މަސައްކަތްތަކަށް ވަނީ ހުއްޓުވައިފައެވެ. ރެފިޔުޖީންނާ ބެހޭ އދ ގެ ޖަމާޢަތް" އޮންރުއާ"ގެ މަސައްކަތްތައް ދަނީ ހުއްޓުވަމުންނެވެ.

އިއްޔެ އިރުއޮއްސުނުއިރު އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޝަހީދުވި ޣައްޒާ މީހުންގެ ޢަދަދު ވަނީ 212ށް އިތުރުވެފައެވެ. އޭގެތެރޭގައި 61 ކުޑަ ކުދީންނާއި 36 އަންހެނުން ހިމެނެއެވެ. ޒަޚަމުވި މީހުންގެ ޢަދަދު ވަނީ 1400 ށް އިތުރުވެފައެވެ. ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ހުޅަނގު އައްސޭރީގައި އެތައް ސަތޭކަ ބަޔަކު މަރުވެ 22 މީހަކު ވަނީ ޝަހީދުވެފައެވެ.

އެމެރިކާއިން އިސްރާއީލުގެ ޢުދްވާނަށް އިތުރު އެހީ

އަނެއްކޮޅުން ބަލާއިރު އެމެރިކާއިން އިސްރާއީލަށް ބޭނުންވާ ޙަމަލާދޭ ބޮމާއި ހަތިޔާރު ގަތުމަށް ޓަކައި އިސްރާއީލަށް އަވަސް އެހީއެއްގެ ގޮތުގައި 735 މިލިއަން ޑޮލަރު ދިނުމަށް ނިންމައިފިކަން ވައިޓްހައުސްއިން އިއްޔެ ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިޒްރޭލާއި އެމީހުންނަށް ބައި އަތު ހިފައިގެން އިންސާނުންގެ ސިފައިގައި ތިބި ކުއްތާތައް ނެތި ކުރައްވާންދޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *