Support Us

ކޭޝް ކާޑަކުން ވަގަށް ނެގި 17،000ރ. މާފަރު ވަލުތެރެއިން ފެނިއްޖެ

ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައި އެ ކާޑު ބޭނުންކޮށްގެން ކެނދިކުޅުދޫ އޭ.ޓީ.އެމުން ވަގަށް ނެގި 20،000 ރުފިޔާގެ ތެރެއިން 17،000 ރުފިޔާ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓައި ފުލުހުން ހޯދައި، ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގާފައިވާ މައްސަލައެއް މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނީ މި މެއި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ. ހުށަހަޅާފައިވެއެވެ. އެ މައްސަލައާ ގުޅިގެން މި މަހު 10 ވަނަ ދުވަހު 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1،000 ރުފިޔާ އެ މީހުންގެ އަތުން ފެނިފައިވާ ކަމަށާއި ނަމަވެސް އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެ މީހުން ވަނީ ދޫކޮށްލާފައިވާ ކަމަށެވެ.

އޭގެ އިތުރުން، އެ ފައިސާތައް ހޯދުމަށް މާފަރު ޕޮލިސް ސްޓޭޝަނާއި މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން 17،000 ރުފިޔާ ހޯދާފައިވަނީ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށާއި އެ އޮޕަރޭޝަނުގައި މާފަރު ރައްޔިތުންގެ އެހީތެރިކަން ފުލުހުންނަށް ލިބިފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އަދި އެ ދެ މީހުން ވަގަށް ނެގި 20،000 ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވާ 18،000 ރުފިޔާ މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މާފަރު ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް