އޮހޮރޭ ކަރުނަ ދެލޮލުން މިއީ ޝަކުވާގެ ތަކުރާރެކޭ
ރަހުމާއި ހަމްދަރުދީ އަދައި މި ހިތުން ކުރާ އާދޭހެކޭ
މަންމަން ދުލެއް ލިބި އޮތް ހިތަށް ވެރިވާ އުދާގެ އަސަރުތައް
އިންސާފުވެރި ބީދައިން ދުރަށް ދައްކާ މިއީ މެދުވެރިއެކޭ
ހާލާތުތައް ހިތުދަސްވިޔަސް ލިބިދޭ ތުރާލާ ވޭނުގައި
ޙާލުގެ ދުލުން އިއްވާ މިއީ ކެކުޅުންތަކުގެ ތަފްސީރެކޭ
ހިލަމެއް ނުވާހެން ހިތުތެރޭ ފަރުދާވި ރިހުމުގެ ބަދަލުގައި
ދެލޮލުން މި ފެން އޮހުރުން މިއީ ނިކަމެތި ހިތުގެ ހިއްސާއެކޭ
އުފަލެއް ހިތާ ވަކިވާ ހިނދުން ކޯތާފަތަށް ބޮސްދީ ދަމުން
އެފަހުން ސަލާން އުފުލާލަދޭ ދެގޮތެއްނުވާ ބައިވެރިއެކޭ
ހަރު ހިލަ ހިތެއްގެ ފުށުން ލިބޭ ޒަޚަމާއެކީ ދެލޮލުން އޮހޭ
ކަރުނައިގެ ބަހުރުވަ ދަންނަނީ އެހެނަސް ވަރަށް މަދު މީހެކޭ