Support Us

އެއްބައިވަންތަކަން ފާޅުކުރުމުގެ ވަގުތު ޖެހިއްޖެ: ތުރްކީ

އިސްރޢީލުގެ ލާއިންސާނީ ޙަމަލާތަކުން ފަލަސްޠީނު މީހުން ޙިމާޔަތް ކުރުމަށް ޓަކައި ބައިނަލްއަޤްވާމީ ބާރެއް އެކުލަވައިލުމަށް ތުރްކީގެ ޚާރިޖީ ވަޒީރު މައުލޫދު ޗާވޫޝް ގޮވައިލައްވައިފިއެވެ. އޭނާ މި ކަމަށް ގޮވައިލެއްވީ އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި އިސްރާއީލުން ފަލަސްޠީނަށް ދެމުންގެންދާ ޙަމަލާތައް ކުށްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވިގޮތުގައި ފަލަސްޠީނުގެ މަދަނީ ރައްޔިތުން ޙިމާޔަތްކޮށްދޭނެ ބާރަކަށް  ވަނީ ބޭނުންވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ކަމުގެ މަސްއޫލިއްޔަތުން ބައެއް މި ޖަމްޢިއްޔާގެ ބޮލުގައި އެޅިފައިވާ ކަން ކަށަވަރެވެ.

އދ ގެ ޢާއްމު ޖަމްޢިއްޔާއިން 2018ގައި ފާސްކޮށްފައިވާ ޤަރާރާ އެއްގޮތްވާގޮތުގެ މަތިން ފަލަސްޠީނުގެ ޢާއްމުން ޙިމާޔަތްކޮށްދޭނެ މެކޭނިޒަކަމަކަށް އެމީހުން ވަނީ ބޭނުން ވެފައެވެ. ބައިނަލްއަޤްވާމީ މި ބާރު ކަމާބެހޭ ޤައުމުތަކުގެ މާއްދީ އަދި ޢަސްކަރީ ވާގިވެރިކަމާއި މަދަދު ލިބިގެންވާ ބާރަކަށް ވާން ޖެހޭނެ ކަމަށް ތުރްކީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ތުރްކީގެ ވަޒީރު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި އެއްގަލަކަށް އަރާފައިވާކަން ދައްކަންވީ ވަގުތު މި އޮތީ އައިސްފައެވެ. އިސްލާމީ އުންމަތް އަޅުގަނޑުމެންގެ ކިބައިން އެދެނީ އިސްވާރީ ދައުރެއް އަދާކުރުމަށެވެ. ތުރްކީ އޮތީ އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވެގެންނެވެ."

އިސްރާއީލުގެ ޖަނަވާރީ ނިރުބަވެރި ޙަމަލާތައް ކުރިއަށް

އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ޖަނަވާރީ ލާއިންސާނީ ޙަމަލާތައް މިއަދު ވެސް ޣައްޒާއަށް ދެމުން ދިޔައެވެ. އިސްރާއީލުން މިއަދު ދިން ވައިގެ ޙަމަލާތަކުގެ އަމާޒަކަށް ހަދާފައި ވަނީ ޣައްޒާގެ ލޭބަރ މިނިސްޓްރީއާއި އިޖްތިމާޢީ ތަރައްޤީއާބެހޭ ވުޒާރާއެވެ. އިސްރާއީލުގެ މަތިންދާބޯޓުތަކުގެ މި ހަމަލާގެ ސަބަބުން އެ ދެ ވުޒާރާ ހުރި ޢިމާރާތް ފުޑުފުޑުވެގެން ބިމާ ހަމަވިއެވެ. ޣައްޒާގެ އިންފޮރމޭޝަން އިދާރާގެ ރައީސް ސަލާމާ މަޢުރޫފު ހާމަކުރެއްވިގޮތުގައި މި ޙަމަލާގެ ސަބަބުން އެ ދެ މިނިސްޓްރީ މުޅިން ހަލާކުވެގެން ދިޔައެވެ. އަދި އެ ދެ ވުޒާރާގައި ހުރި އެއްޗެހިތައް ވެސް ހަލާކުވެގެން ދިޔައެވެ. މަޢުރޫފު ވިދާޅުވިގޮތުގައި މިއީ "އިސްރާއީލުގެ ޖަރީމާތަކުގެ މައްޗަށް އިތުރުވި ޖަރީމާއެކެވެ."

މީގެއިތުރަށް އިސްރާއީލުން މިއަދު ހެދުނު ދިން ވައިގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ ހުޅަނގު އަވަށެއް ކަމުގައިވާ އައްރިމާލު އަވަށުގެ 10 ގެއެއް ވެއްޓި އެތައް ބަޔަކު ޝަހީދުވެ އެތައް ބަޔަކު ޒަޚަމުވިއެވެ. އަނާޟޫލު ނޫސް އޭޖެންސީއާއި ޓާށް ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލުން އެއްވެސް އިންޒާރުދިނުމަކާނުލައި މިދިން އަނިޔާވެރި ޙަމަލާތަކުގެ ސަބަބުން ޣައްޒާގެ އެތައް މަގުތަކެއް ވެސް ހަލާކުވިއެވެ.

ޣައްޒާގެ އައްޝިފާ ހަސްފަތާލުގެ ޑިރެކްޓަރު ،މުޙައްމަދު އަބޫ ސުލައިމާ ވިދާޅުވާގޮތުގައި މިއަދު އެ ހަސްފަތާލަށް 26 ޝަހީދުންނާއި ޒަޚަމުވެފައިވާ އެތައް ބަޔަކު ގެނެވުނެވެ. އޭގެތެރޭގައި ކުޑަކުދީންނާއި އަންހެނުން ވަރަށް ގިނައެވެ. ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން މި ހުސްވި އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ޢުދްވާނުގެ ސަބަބުން 145 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 41 ކުޑަކުދީންނާއި 23 އަންހެނުން ވެއެވެ. ތަފާތު ބާވަތްބާވަތުގެ ޒަޚަމުތައް ވެފައިވާ މީހުންގެ ޢަދަދަކީ 1100 އެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *