Support Us

ޣައްޒާގައި ޤަތުލު ޢާއްމެއް: އައްޝާޠިއު ފޭލިގެއަށް އިސްރާއީލުންދިން ޙަމަލާއިން ސަލާމަތްވީ ކިރުބޯ ކުއްޖެއް

ޣައްޒާގެ ހުޅަނގުބިތުގައި ހުންނަ އައްޝާޠިއު ފޭލިގެ އަވަށުގައި އިސްރާއީލުން މިއަދު ހެދުނު ޤަތުލު ޢާއްމެއް ހިންގައިފިއެވެ. އިސްރާއީލުން މި އަވަށުގެ ޢިމާރާތަކަށް ޙަމަލަދީ ފުޑުފުޑުކޮށްލުމުން މި ޢިމާރާތް ވެއްޓުނީ މި ތާނގައި ދިރިއުޅޭ މީހުންގެ ބޯމައްޗަށެވެ. މި ކަމުގެ ސަބަބުން އަށް މީހަކު ޝަހީދުވިއެވެ. އަނާޟޫލް ނޫސް އޭޖެންސީ ބުނާގޮތުގައި އިސްރާއީލުން ޙަމަލާދީފައިވަނީ "އަބޫ ޙަޠަބު" ޢާއިލާ މީހުން ދިރިއުޅޭ ޢިމާރާތަށެވެ. މި ގެއިން ހަ ކުޑަކުދީންނާއި ދެ އަންހެނުން މަރުވިއެވެ. އަސްޝިފާ ހަސްފަތާލަށް ގެންދަން ޖެހުނީ މި މީހުންގެ ކަށިކޮޅުތަކެވެ. އިސްރާއީލުގެ މި ޤަތުލު ޢާއްމުގެ ސަބަބުން ޝަހީދުވީ އަބުލްޙަޠަބު ޢައިލާގެ މީހުންނަކީ:

  • 5 އަހަރުގެ ޔާމިން
  • 10 އަހަރުގެ ބިލާލު
  • 11 އަހަރުގެ ޔޫސުފު

ދެވަނައަށް ޝަހީދުވެފައިވަނީ އަލްޙަދީދީ ޢާއިލާގެ

  • 36 އަހަރުގެ މަހާ
  • 8 އަހަރުގެ ޢަބްދުއްރަޙްމާން
  • 14 އަހަރުގެ ޞުހައިބު
  • 11 އަހަރުގެ ޔަޙްޔާ
  • 31 އަހަރުގެ ޔާސްމީން ޙައްސާން

ޣއްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ވަކީލު ޔޫސުފު އަބުއްރީޝް ވިދާޅުވިގޮތުގައި އައްޝާޠިއު ޤަތުލު ޢާއްމުން ސަލާމަތްވީ ދެ މަހުގެ ތުއްތު ކުއްޖެކެވެ. ވެއްޓިފައިވާ ޢިމާރާތުގެ ފާރުތަކުގެ ދަށުގައި ވަޅުލެވި ގެއްލިފައިވާ މީހުން ވަރަށް ގިނަ ކަމަށް އޭނާ ވިދާޅުވިއެވެ. އައްޝާޠިއު ފޭލިގެ އަވަށަކީ މީސްބޯ އަވަށެކެވެ.

އިސްރާއީލުން މިހާރު ވެސް ދަނީ ޣައްޒާގެ ޢިމާރާތްތަކަށް ޙަމަލާދެމުންނެވެ. މި ޚަބަރު ލިޔަމުންދިޔައިރު އިސްރާއީލުގެ ބޯޓުތަކުން ޣައްޒާގެ ދެކުނުގެ އަވަށެއް ކަމުގައިވާ "ތައްލުލް ހަވާ" އަށް ދަނީ ބޮން އަޅަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *