ރޭ ދޭކުން ފެށިގެން ހިނގި ފުރަތަމަ 12 ގަޑިއިރު ތެރޭގައި ކޮވިޑްގެ ހަތަރު މީހަކު ރާއްޖޭގައި މަރުވެއްޖެއެވެ. މި ހަތަރު މީހުންނާއެކު، ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 91 އަށް އެރީއެވެ. މި މަހުގެ މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 18 އެވެ.
ރޭ ދަންވަރު 2.24 ގައި އެންމެ ފުރަތަމަ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާކުރަމުންދިޔަ 88 އަހަރުގެ ފިރިހެނެކެވެ. ދެވަނަ އަށް، މިއަދު ހެނދުނު 6.30 ހާއިރު މަރުވީ ވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާކުރަމުންދިޔަ 64 އަހަރުގެ ފިރިހެނެކެވެ. އަދި ހެނދުނު 9 ޖަހާކަންހާއިރު މަރުވެފައި ވަނީ ދަރުމަވަންތަ 11 ވަނަ ތަޅުމުގައި ފަރުވާ ހޯދަމުންދިޔަ 86 އަހަރުގެ އަންހެނެކެވެ. އަދި އެންމެ ފަހުން މަރުވެފައި ވަނީ 78 އަހަރުގެ ފިރިހެނެކެވެ. އައި.ޖީ.އެމް.އެޗް އިމަޖެންސީ އަށް ގެންދިޔަ މީހަކު މަރުވީ ފަރުވާ ދެނިކޮށް، މެންދުރުފަހު ދޭއްޖަހަން އުޅެނިކޮށެވެ. މިއީ ރާއްޖޭގެ 91 ވަނަ ކޮވިޑް މަރެވެ.



advertisment