Support Us

އެޗް.ޑީ.ސީގެ އިޖްތިމާއީ ޒިންމާގެ ތެރެއިން… "ދަ ސާރކަލް"ގެ އުފެއްދުންތެރިކަން

ސައިންސާއި ޓެކްނޮލިޖީއަށް ކުޑަކުދިން އަހުލުވެރިކުރުމުގެ ގޮތުން އުގައިލު ފައުންޑޭޝަނާއި ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާ ގުޅިގެން، "ދަ ސަރކްލް"ގެ ނަމުގައި އޮންލައިންކޮށް ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމުތަކުގެ ތެރެއިން ދަރިވަރުން އަންނަނީ ކޮމްޕިއުޓަރ ކޯޑިންގެ ފަންނީ ހުނަރުތައް ތަފާތު ގޮތްގޮތުން ދައްކަމުންނެވެ. އެގޮތުން، މި ކުދިންގެ "ކްރިއޭޓިވިޓީ" ފެނިގެން ގޮސްފައިވާ އެއްކަމަކީ ފިތްރު އީދާ ދިމާކޮށް އެކުދިންގެ މައިންބަފައިންނާއި އާއިލާ މީހުންނަށް ފޮނުވަން އެކުދިން އަމިއްލައަށް ކޯޑުކޮށް ތައްޔާރުކޮށްފައިވާ އީ ކާޑުތަކެވެ.

މި ކާޑު ތައްޔާރުކުރުމުގައި އެކުދިން ވަނީ ޒަމާނީ ވެބްސައިޓް ހަދަން ބޭނުންކުރާ ކޯޑިންގެ ބައިތަކުގެ އިތުރުން ކާޑުގައި އީދާ ގުޅޭ މިއުޒިކު ވެސް ހިމަނައިފަ އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިޕްރޮގްރާމު ފުރިހަމަކުރަމުން ގެންދާ އުމުރުން 8 އަހަރާއި 15 އަހަރާ ދެމެދުގެ އެތައް ސަތޭކަ ކުދިން އެކުދިންގެ ވިސްނުމާއި ފިކުރު އަދި އަމިއްލަވަންތަކަން އެކުދިންގެ އީކާޑުތައް ޑިޒައިންކޮށް ކޯޑު ކުރުމުގައި ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

"ދަ ސާރކަލް"ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކޯޑިން އެންޑް ކްރިޓިކަލް ތިންކިން އަދި "ލީޑަރސް އޮފް ޓުމޯރޯ" މިއީ އެޗް.ޑީ.ސީގެ އިޖްތިމާއީ ޒިންމާގެ ތެރެއިން އުގައިލު ފައުންޑޭޝަނާ އެކު ކުރިއަށްގެންދާ ހާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ އިތުރުން އެޗް.ޑީ.ސީ އިން ވަނީ އުގައިލު ފައުންޑޭޝަނާ ގުޅިގެން "ދަ ސާރކަލް ސްޕޭސް"ގެ ނަމުގައި ހުޅުމާލޭގައި ލައިބްރަރީއެއް ވެސް ހުޅުވައިފައެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން "ދަ ސާރކަލް ބައި އުގައިލު ފައުންޑޭޝަން"ގެ ނަމުގައި އުގައިލު ފައުންޑޭޝަނާއި އެޗް.ޑީ.ސީން ގުޅިގެން އޮންލައިންކޮށް ކިޔަވައިދެމުންގެންދާ މި ޕްރޮގްރާމުގައި ކިޔަވައިދެނީ ރާއްޖެއާއި އަދި އިނގިރޭސިވިލާތުގެ ތަޖުރިބާކާރުންނެވެ.

 

މި ޕްރޮގްރާމާ ބެހޭގޮތުން އުގައިލު ފައުންޑޭޝަންގެ ރައީސް ޕްރޮފެސަރ ހަސަން އުގައިލު ވިދާޅުވީ މިއަހަރުގެ ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ކުދިންނަށް ވަރަށް ގިނަ ކަންކަން މި ޕްރޮގްރާމުން ދަސްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުފާވޭ ކުދިންގެ ހުނަރު ފެނިފައި. ހާއްސަކޮށް ދަސްކޮށްދޭ ބައިތަކުގައި އެކުދިން އަމިއްލަ ވިސްނުން ގެންގުޅޭގޮތް. ފާއިތުވި ކުޑަ ދުވަސްކޮޅުގައި އެޗް.ޓީ.އެމް.އެލް އަދި ޖާވާ ސްކްރިޕްޓް ފަދަ ބައިތައް ބޭނުންކޮށްގެން މިކުދިން ވަނީ އާދައިގެ ކާޑެއް ހެދުމުން ފެށިގެން، ވެބްސައިޓް އަދި ގޭމު އަމިއްލައަށް ތައްޔާރުކުރެވޭ ވަރަށް ކޯޑިންސް ދަސްކޮށްފައި. އެތައް ސަތޭކަ ކުދިން މި ޕްރޮގްރާމުގައި އުޅޭއިރުވެސް ހުރިހާ ކުދިންގެ ކޯޑު ކުރުމާއި ވިސްނުމުގެ ފެންވަރު އެއްހަމައެއްގައި ކުރިއަށް ނެރެވޭތީ އަދި ވަކިން އުފާވޭ. އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ އެޗްޑީސީގެ އެހީތެރިކަމާއި އެކު މިދަފަ ޕްރޮގްރާމެއް މެދުވެރިކޮށް ކުދިންނަށް ޒަމާނީ ތައުލީމުގެ ބައިތައް ފޯރުކޮށްދެވޭތީ،" ޕްރޮފެސަރ އުގައިލު ވިދާޅުވި ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.

ޕްރޮފެސަރ އުގައިލު ވަނީ ޕްރޮގްރާމުގައި ބައިވެރިވާ އުމުރުން 13 އަހަރުގެ ކުއްޖަކު އަމިއްލައަށް ކޯޑުކޮށް ތައްޔާރުކޮށް އޭނާއަށް ފޮނުވާފައިވާ އީކާޑެއް ޓްވިޓަރގައި ހިއްސާކުރައްވައިފައެވެ.

"ދަ ސާރކަލް"ގައި ބައިވެރިވާ އުމުރުން 12 އަހަރުގެ މިންހާ ބުނާގޮތުން، މި ޕްރޮގްރާމުގައި ހަވާލުކުރެވޭ ހުރިހާ މަސައްކަތެއް ވެސް އޭނާ ފުރިހަމަކުރަނީ ވަރަށް ޝައުގުވެރިކަމާ އެކުގައެވެ. އަދި ކޯޑުކުރުމުގެ އިތުރުން ކަންކަމުގައި ވިސްނުންގެންގުޅެންވީ ގޮތް ދަސްވެގެންދާ ކަމަށް ޕްރޮގްރާމުގެ ދަރިވަރުން ފާހަގަކުރެއެވެ.

"މި ޕްރޮގްރާމުން ވަރަށް ގިނަ އެއްޗެހި ދަސްވޭ. ކޯޑުކުރުމުގެ އިތުރުން ހަވާލުކުރެވޭ ތަފާތު މަސައްކަތުން ކަންކަމުގައި ވިސްނުން އިސްކުރަންވީ ގޮތް އެނގިގެންދޭ. މިއީ ކުރިން ހީވެސް ނުކުރާހާ ތަފާތު ކަމެއް،" ޕްރޮގްރާމުގައި ކިޔަވަމުންދާ އުމުރުން 11 އަހަރުގެ އަހުމަދު ބުންޏެވެ.

މިކުދިންގެ މައިންބަފައިން ބުނާގޮތުން މި ޕްރޮގްރާމުގައި ދެވޭ މަސައްކަތްތައް އެކުދިން ޝައުގުވެރިކަމާއި އެކު އެކުދިން އަމިއްލައަށް ކޮށް ނިންމާލަ އެވެ.

"އަޅުގަނޑު ނުޖެހޭ އޮންލައިން ކުލާސް ފެށޭ ގަޑި ހަދާންކޮށްދޭކަށް ވެސް. ކްލާސް އޮންނަ ދުވަހަކު ބުނާނެ މިއަދު އޮންނާނެއޭ ދަ ސާރކަލް ކްލާސްތައް. ކުދިންނަށް ދެވޭ ހުރިހާ މަސައްކަތެއް ވެސް ރޭވި ތައްޔާރު ކުރެވިފައި ހުންނަނީ އެކުދިން ވަރަށް ގަޔާވާގޮތަށް ކަމަށް ދެކެން" އުމުރުން 11 އަހަރުގެ އާޝަލްގެ މަންމަ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *