Support Us

އައްޑޫ ސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ 282 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް އެމް.ޑަބްލިޔު.އެސް.ސީ އަށް

އައްޑޫސިޓީގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ 282 މިލިޔަން ރުފިޔާގެ ޕްރޮޖެކްޓެއް އެމް.ޑަބްލިޔު.އެސް.ސީއާ ހަވާލުކޮށްފިއެވެ.

އައްޑޫސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އިބްރާހީމް ޠަޢާމު މުޙައްމަދެވެ.

މި ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެއް އަހަރު ތެރޭގައި ނިންމުމަށެވެ.

އައްޑޫ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތައް

ހިތަދޫ:

  • އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުން
  • ބޯހޯލް ތޮރުފުން
  • ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުން
  • ފެން ރައްކައުކުރުމަށްޓަކައި 2000 ޓަނުގެ 3 ތާނގީ ބެހެއްޓުން
  • ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ 3 ތާނގީ ބެހެއްޓުން
  • ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި
  • kW100  ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުން

ހުޅުމީދޫ

  • އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުން
  • ބޯހޯލް ތޮރުފުން
  • ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ 2 އާރް.އޯ ޕްލާންޓް ބެހެއްޓުން
  •  ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ 3 ތާނގީ ބެހެއްޓުން
  • ބްރައިން ރިޖެކްޓް ހޮޅި އެޅުން
  • kW75  ސޯލަރ ޕީވީ ސިސްޓަމް ޤާއިމްކުރުން

މީގެ އިތުރުން

  • ހިތަދޫ އާއި ހުޅުމީދޫއަށް ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން
  • މަރަދޫ، މަރަދޫ-ފޭދޫ އަދި ފޭދޫގައި ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ ޖުމްލަ 4 ތާނގީ ބެހެއްޓުން
  • އަދި މި މަޝްރޫޢުގެ ދަށުން، މި ރަށްރަށުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި ސްޕެއަރ ފޯރކޮށްދިނުން