Support Us

ރައީސްގެ ޚާއްސަ ޝުކުރު އެމް.ޓީ.ސީ.ސީ، ސްޓެލްކޯ، ފެނަކަ އަދި ސިޓީސް މިނިސްޓްރީ އާއި ކައުންސިލްތަކަށް

ފިޠުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އެމް.ޓީ.ސީ.ސީ، ސްޓެލްކޯ، ފެނަކަ އަދި ސިޓީސް މިނިސްޓްރީ އާއި ކައުންސިލްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްސަ ޝުކުރެއް އަދާކުރައްވައިފިއެވެ.

"ޢީދު އަލި" އިފުތިތާޙް ކޮށްދެއްވައި "ޖުމްހޫރީ ފައްވާރާ" މަރާމާތުކުރުމަށްފަހު ހުޅުވައިދެއްވުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ބައެއް ފޮޓޯތަކާއެކު ރައީސް ޑރ. މުއިއްޒު އެކްސްގައި ވިދާޅުވީ "ޢީދު އަލި"ތަކާއެކު "ޖުމްހޫރީ ފައްވާރާ" އަލުން ހުޅުވުމުގެ މަސައްކަތް ވަގުތަށް ނިންމުމުގައި ކުންފުނިތަކާއި ސިޓީސް މިނިސްޓްރީ އަދި ކައުންސިލްތަކުން ކުރި މަސައްކަތަށް "ޚާއްސަ ޝުކުރެއް" އަދާކުރައްވާ ކަމަށެވެ.

ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ބޭނުންފުޅު ވަނީ އަޟުޙާ ޢީދާއި ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށް އިސްލާމުދީނުގައި ދެއްވާފައިވާ އިސްކަން، ކުދިބޮޑު ހުރިހާ ފަރާތްތަކަށް އިހްސާސްކޮށްދެއްވަން ކަމުގައި ވިދާޅުވިއެވެ. ހަމަ އެއާއެކު ޢީދަށް ތައްޔާރުވެ އެއްބައިވަންތަކަމުގެ އަޒުމު އާކޮށް، ހުރިހާ ފަރާތްތަކަކުންވެސް ޢީދުގެ އުފަލުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މިރޭ ރާއްޖޭގެ ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތަކުގައި އިފުތިތާޙްކުރި ޢީދުގެ ދިއްލުންތަކަކީވެސް އެ ބޭނުމުގައި ފެށްޓެވި މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޢީދު އަލި" ރައީސުލްޖުމްހޫރިއްޔާ މިރޭ އިފުތިތާޙް ކޮށްދެއްވުމާއެކު ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަންކުރާ ރަށްރަށުގައިވެސް މި ލައިޓްތައް ދިއްލިގެން ދިޔައެވެ. ޢީދު ލައިޓްތަކާއެކު ހިމެނޭ ސްޕީކަރު ސިސްޓަމުތަކުން ސިޓީތަކާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށުގައި ޢީދުގެ ތަކްބީރުތައް އިއްވަމުންދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް އަޟްޙާ ޢީދުގައި ޢީދުގެ ދިއްލުންތައް މިއަށްވުރެ ގިނަ ރަށްތަކަށް ގެންދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައެވެ. އަދި އަންނަ އަހަރު މާ ކުލަގަދަކޮށް މާ ގިނަ ރަށްރަށުގައި ޢީދު ފާހަގަކުރައްވާނޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

  1. މާލޭ ސިޓީ ކައުންސިލުގެ ނަން ވިދާޅެއް ނުވޭ ބާވައެވެ. ވިދާޅު ނުވާ ނަމަ އެއީ ދެރަކަމެކެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *