ގޯހަކަށް ވެއްޖޭ އަލުން މާޒީ ހަނދާންކޮށް ދެއްވުމުން
ހޯދަމުން ދާށޭ މި ޖެހުނީ މާކުރީ ސަފްޙާ ތަކުން
ކީއްކުރަން މާޒީ އަލުން އަނބުރައި ޢިޔާދަކުރަން ފެށީ
ކީއްކުރަން ހިތް ދަތިކުރަން ތިޔަރޮއްވަނީ އެހަނދާން ތަކުން
އޭރު އެކުގައިގޮސް އުފާ ކޮށް އުޅުންހުރިހާ މަންޒިލެއް
އޭގެ ތަސްވީރެއް ވިޔަސް ފެންނަން ލޮލަށް އަދު ނެތް ކަމުން
ވޭތުވީ އެތަކެއް އަހަރު މާޒީވެ ދިޔަހާ "ޑައިލޮގަށް"
ބޭނުމެއް ނޫން ދެން އެހެން ފިލްމެއް އެ ލޯބީގައި ކުޅުން
ވޭތުވީ މާޒީތެރޭގައި ހިނގި އެތައް ގިނަ ކަން ކަމެއް
ސޭވް ކުރެވުނު ފައިލަކުން ނެގުނީ ޕްރިންޓެއް އިއްތިފާގުން
ތިޔަ ކަމެއް ޒިކުރާ ވުމުން މިހިތަށް ލިބޭ ހިތި ވޭނަކުން
ތިޔަ ނަމުގެ "އަކުރެއް" ކިޔަންވެސް ބޭނުމެއްނޫން މިދުލަކުން