މިތުރުވީ ދުލަކުން މުލަންމާ ބަސްތަކުން އުފަލުން ކިޔާ
ފިޠުރު އީދުގެ ހާއުފާވެރި ރާގުގައި މި ތަހުނިޔާ
އުފަލުގައި ބުރަޔާއި ކަރުހިއްކުން ވި މާތް ރަމަޟާނުގައި
އުފުލި ހުރިހާ މުސްލިމުން ނަށް އުފުލެނީ އަދު ތަހުނިޔާ
ފުއްސަވާ އަދި ރުއްސަވާ ދެން ދިންނެވުން އެދި ނަރަކައިން
ހިއްސު ތައް އޮބެހެއްޓި ޙައްޤުން އޮއްސަނީ އީދު ތަހުނިޔާ
ފަރިހެދުން ލައި ފަރިވެގެން މަރިޔާދުގައި ތިބި އީދުގައި
އަރިއަހަށް އަޚުނާއި އުޚުތުން ފަރިވަނީ އަދު ތަހުނިޔާ
ވެޔޮވެލާވެލި މީރުވަސް ދޭ މާމެލާމެލި ފޮޅުވަމުން
ހެޔޮ ދުޢާއިން ބިންމަތި ފަތުރާލަނީ އަދު ތަހުނިޔާ