Support Us

މެޑަމް ނާއިލާގެ ކައްކާ ފޮތް "ޒީނާރު"ގެ އާ ޗާޕު މެޑަމް ފަޒުނާ ނެރެދެއްވައިފި

ހ. ނީލްވިލާ އަލްމަރްޙޫމާ ނާއިލާ އިބްރާހީމް ކަލޭފާނު ލިޔުއްވާފައިވާ ކައްކާ ފޮތް، "ޒީނާރު" ފޮތަށް ނާއިލާގެ ދަރިކަނބަލުން ލީނާ ޒާހިރު ހުސެއިންގރ އިތުރު ރެސިޕީތައް ހިމަނުއްވައިގެން ތައްޔާރުކުރައްވައިފައިވާ އާ ޗާޕު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ނެރެދެއްވައިފިއެވެ.

ފޮތް ނެރެދެއްވަމުން މެޑަމް ފަޒުނާ ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ވިދާޅުވީ މެޑަމް ނާއިލާ އަކީ ރާއްޖޭގެ މިހާރުގެ ޤައުމީ މަންހަޖުގެ ތަސައްވަރު، 'ކުދިން ދިރިއުޅުމަށް ތައްޔާރުކުރުން’، އޭގެ އެންމެ ފުރިހަމަ މާނައިގައި އޭރުވެސް ތަންފީޒުކުރެއްވި ބޭކަނބަލެއް ކަމުގައެވެ. އަދި އެކަމަނާއަކީ ނާއިލާގެ ދަރިވަރަކަށް ވާތީ ފޮތް ޚާއްޞަކުރެއްވި ފަރާތްތަކުގެ ތެރޭގައި އެކަމަނާވެސް ހިމެނިވަޑައިގެންފައިވުމުން އުފާފުޅު ކުރައްވާ ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވަނީ މެޑަމް ނާއިލާ ތައްޔާރުކުރައްވާފައިވާ ފޮތުން، މިންތީގެ ހަމަހަމަކަން އޮތް މި ޒަމާނުގައި އަންހެން ފިރިހެން ހުރިހާ ފަރާތެއް ނިސްބަތްވާ ގޮތަށް އެންމެނަށްވެސް ޒީނާރު ފޮތުގެ ފައިދާ ލިބިގެން ދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މެޑަމް ފަޒުނާ އަދި ވިދާޅުވީ ޒީނާރުގައި މެޑަމް ނާއިލާ ލިޔުއްވާފައިވާ 'ފޯވަޑް' ނުވަތަ "އިސްބަސް" ވިދާޅުވި ދުވަހުގައި ކުރެއްވުނު އުފާވެރި އިޙްސާސް މިހާރުވެސް ހަނދުމަފުޅު ހުންނަ ކަމަށެވެ. ނާއިލާ ލިޔުއްވާފައިވާ ޒީނާރު މި ފޮތް ނާއިލާ ޚާއްޞަކުރައްވާފައި ވަނީ ނާއިލާގެ ދެ ދަރިކަނބަލުންގެ އިތުރުން، ނާއިލާ ކިޔަވައިދެއްވައިފައިވާ ހުރިހާ އަންހެން ދަރިވަރުންނަށެވެ.

މެޑަމް ފަޒުނާ ވަނީ އެކަމަނާ ވަނީ މެޑަމް ނާއިލާ އަމީނިއްޔާގެ ޓީޗަރަކަށް ހުންނެވި ދުވަސްވަރު ނާއިލާގެ މަސައްކަތްތައް ހުންނަ ގޮތް ސިފަކޮށްދެއްވައިފައެވެ. އެގޮތުން ނާއިލާ ޓީޗަރުކަން ކުރައްވަމުން ގެންދެވީ ދަރިވަރުންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅުއްވާ، ހަމަހަމަ ކަމަށް އިސްކަން ދެއްވައިގެން ކަމަށް ވިދާޅުވިއެވެ. އަދި ނާއިލާ އަކީ ހުރިހާ ދަރިވަރުންނަށްވެސް ހެޔޮފުޅު ޓީޗަރެއް ކަމަށާއި، ދަރިވަރުން ހަމަ މަގަށް އަޅުއްވަން ޖެހިވަޑައިގެންފިނަމަ ވަކި ދަރިވަރަކަށް ނުބައްލަވާ އެކަން ކުރައްވާ ކަމަށް ވެސް މެޑަމް ފަޒުނާ ވިދާޅުވިއެވެ.

ޒީނާރު ފޮތަކީ އިހުޒަމާނުގެ ވަރަށް ގިނަ ދިވެހި ކެއުންތަކުގެ ރެސިޕީތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ބައެއް ރެސިޕީތައް ހިމެނޭ ފޮތެކެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނެރެދެއްވި ޒީނާރުގެ އާ އެޑިޝަންގައި ކުރީގެ ރެސިޕީތަކުގެ އިތުރުން، މިހާރުގެ ކެއުންތަކުގެ ވަރަށް ގިނަ އާ ރެސިޕީތައް ނާއިލާގެ ދަރިކަނބަލުން ލީނާ ހިމަނުއްވައިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް