މޯޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ކޮރަޕްޝަން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖުލީހުން މައްސަލަ ބެލި ގޮތުގެ ރިޕޯޓް މިއަދު އާންމުކޮށްފިއެވެ.
އެ ރިޕޯޓުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވައިގެން ބައިއެޅުއްވި އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އިން މަންފާ ލިބިފައިވާ މީހުންގެ ލިސްޓް ހިމެނެއެވެ. އޭގެ ތެރޭގައި ދައުލަތުގެ އެކިއެކި މަގާމުތަކުގައި މިހާރު ވެސް ތިބި މީހުން ހިމެނެއެވެ.
އެމް.އެމް.ޕީ.އާރް.ސީ ކޮރަޕްޝަންގެ އެންމެ އިސް ރޯލެއް ކުޅުއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އެމް.އެމް.ޕީ.އާރް.ސީގެ ކުރީގެ އެމް.ޑީ އަބްދުﷲ ޒިޔަތެވެ.



advertisment