Support Us

ގެއްލިގެން ހޯދާ އަންހެން މީހާ ދެ ދުވަސް ވީއިރުވެސް ނުފެނޭ

މާލެއިން އަންހެނަކު ގެއްލިގެން ހޯދާތާ ދެ ދުވަސް ވީއިރުވެސް އޭނާ ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މ. ގޯބިލިގަސްދޮށުގޭ އާމިނަތު ހުމައިނާ ޒަކަރިއްޔާ، 21، މި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12:15 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ވަނީ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އެއާއެކު ފުލުހުން ވަނީ އޭނާގެ ފޮޓޯ އާއި ވަނަވަރު އާންމުކޮށް، އާންމުންގެ އެހީއަށް އެދިފައެވެ. ނަމަވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ހުމައިނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ހުދުކުލައިގެ ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ކަމަށް ފުލުހުން ބުނެއެެވެ.


"ވީމާ އާމިނަތު ހުމައިނާ ޒަކަރިއްޔާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް