ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މާދަމާ އިން ފެށިގެން، ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލައި، މާލެ ސަރަހައްދުގައި ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގަން ނިންމައިފިއެވެ.
ހިފެހެއްޓުމެއްނެތި ކޮވިޑް ފެތުރެމުންދާތީ ފުލް ލޮކްޑައުންއަކަށް ދާން މަޝްވަރާކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) ވަނީ ބުނެފައެވެ.
އެޗް.ޕީ.އޭގެ އާންމު ވައިބަރ ގްރޫޕުގައި ބުނެފައިވާ ގޮތުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިތުރަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތައް (12 މެއި އިން 18 މެއިގެ ނިޔަލަށް)
- ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލުން. (ޑެލިވަރީ އަދި ޓޭކްއަވޭ ޚިދުމަތް ދިނުން)
- ޕޮލިސް ޕަރމިޓާއެކު މެންދަމު 12 އާ ހަމަޔަށް ޑެލިވަރީ ޚިދުމަތުގެ ފުރުޞަތު ދިނުން
- މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުން
- ގައިޑްލައިންއާ ޚިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދުކުރުން
- 13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުން



advertisment