ހިތެއްގެ ޢަޒީޒު އުނގުފުޅުގައި މުތެއްހެން ބޭއްވެވީމު މަގޭ
ނިތެއްގެ ވިދާއަލިން ފަހިމަގުތަކަށް ނެރެދެއްވެވީމު މަގޭ
ލިބޭ ހުރިހާ އުފާ ހިބަކޮށްދެމުން ދުނިޔޭގެ ދަރުބާރުން
ވިބޭނުންތެރި އަރާމުގެ ތަޚުތަކަށް އުފުލައިދިނީމު މަގޭ
ޢުލޫމުގެ މީރު ފެންއާރުން ޒަމާންކުރި ކަޝްފު އަސްރާރުން
ސުލޫކުގެ ރީތި ކަންވާރުން ހިތަށް ފިނިކަން ދިނީމު މަގޭ
ޚަޞީލަތުގައި ވިދާ ރަތް އަލިމަހުން ޒީނަތް ކުރައްވާފައި
ނަސީބުގެ ތާޖު ބޮލުގައި އަތްޕުޅުން އަޅުވައިދިނީމު މަގޭ
މައެއްގެ ޙުޤުޤު ފުރިހަމައަށް އަދާކޮށް އޭގެ ހިއްސާއިން
އުނިކޮށްނުލާ ކުރި ވަގުފަކުން ލޯ ތެންމަނީއެ މަގޭ
ލޮލުން އުފަލާ ހިތާމައިން ފޫދެމުންދާ ކަރުނަ ހެކިކުރަމުން
އަލުން ބައްދަލުވުމަށް އެދި ޖަންނަތުން އަތްއުފުލަނީއެ މަގޭ