Support Us

27 ވިލޭރޭ ބަނގުރާ ބޯން ތިބި ހަތަރު ދިވެހިން ހިންމަފުށިން ހައްޔަރުކޮށްފި

ބަރަކާތްތެރި ރަމަޟާން މަހުގެ 27 ވިލޭރޭ، ބަނގުރާ ބޯން ތިބި ހަތަރު ދިވެހިން ކ. ހިންމަފުށިން ހައްޔަރުކޮށްފި ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހިންމަފުށީ ގެއެއްގައި ހަތަރު މީހަކު ބަނގުރާ ބޯން ތިބި ކަމަށް ހިންމަފުށި ޕޮލިސް ސްޓޭޝަނަށް މައުލޫމާތު ލިބުމާ ގުޅިގެން ރޭ ދަންވަރު 2:10 ހާއިރު އެ ގެއަށް ވަދެ ހަތް ފުޅި ބަނގުރަލާއެކު 21 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 34 އަހަރުގެ ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މި ހަތަރު މީހުންނަކީ ވެސް ދިވެހިންނެވެ.

އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މީގެ އިތުރުން މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މަސްތުވާތަކެއްޗާއެކު ތިން ރަށަކުން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިގޮތުން ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 35 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އޭނާގެ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އޭނާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނުމާ ގުޅިގެން މި މެއި މަހުގެ 7 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

އަދި މާލެއިން ފުރައިގެން ހދ. ނޭކުރެންދުއަށް ދަތުރުކުރި ބޯޓެއްގައި މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޭކުރެންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ އަތުގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެން މި މަހުގެ 7 ވަނަ ދުވަހު ނޭކުރެންދޫ ބަނދަރު މަތިން ކަމަށް ވެސް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ށ. މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އޭނާ ދިރިއުޅޭ ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނުމާ ގުޅިގެން މި މެއި މަހުގެ 6 ވަނަ ދުވަހުއެވެ.

އަދި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ލ. ފޮނަދޫގައި މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި، އެ ރަށު އެސްޓީއޯ ފިހާރަ ގުދަން ހުންނަ ސަރަހައްދު މަގުމަތި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓު ވަނީ ފެނިފައި ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި ގއ. ކަނޑުހުޅުދޫގައި ދުއްވާ ފެރީއެއްގައި ގޮތް ނޭނގޭ ފޮށިގަނޑެއް ހުރި ކަމަށް މި މެއި މަހުގެ 8 ވަނަ ދުވަހު ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ގޮސް ފޮށިގަނޑު ކަނޑައި ބެލިއިރު އެ ފޮށިގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނ. ޅޮހީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ޅޮހީ ކުނިގޮނޑު ސަރަހައްދުން މި މެއި މަހުގެ 7 ވަނަ ދުވަހު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި ދެ ރަބަރު ޕެކެޓު ހޯދާފައިވެއެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އަދި ނ. ލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މި މެއި މަހުގެ 6 ވަނަ ދުވަހު ކެނދިކުޅުދޫ ދޯންޏެއްގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ހޯދާފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އެއީ އެބުނާ މަޑުކަށިފިކުރު މީހުން ކަމަށްވާނީ ނަމާދު ގާއިމްކޮށް ރޯދަހިފާ ދަމުނަމާކޮށް އަޅުކަމުގަ މަސްއޫލުވެ އުޅޭ ފަރާތްތަކަކީ ހަރުކަށި ފިކުރު ކަމައް ވެދާނެތޯއްޗެއް/ އަޅެމީހުން ހައިރާނެއް ނުވާނެތަ؟ ސައްތައިންސައްތަ މުސްލިމް ގައުމެއް ރަމަޟާންމަހެއްގެ 27 ވިލޭރޭ އަޅުކަމުގަ މަޖާކުރަން ތިއްބާ ވިއްޔާ އެހައްޔަރުކުރީ. އަޅެ މީހުން އަންތަރީސް ވެދާނެދޯ

  2. ލައިލަތުލްޤަދްރި ހޯދަން ޝޯޓްކަޓް ޖައްސާލީ. ކީކޭ ބުނާނީ؟؟ ބަލިމަޑުކަން ފެތުރޭލެއްވެސް ކުޑައީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް