Support Us

ރައީސް ވަހީދުގެ ހަގު ދަރިކަނބަލުން ޕީ.އެޗް.ޑީ ހާސިލްކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ހަގު ދަރިކަނބަލުން ޕީ.އެޗް.ޑީ ހާސިލްކުރައްވައިފިއެވެ.

އެމެރިކާގެ ކެލެފޯނިއާ އިންސްޓިޓިއުޓް އޮފް އިންޓެގްރަލް ސްޓަޑީޒް އިން ސައިކޮލޮޖީ ދާއިރާއިން ފިދާ ވަހީދު، 41، މިދިޔަ ޑިސެމްބަރު މަހު ޕީ.އެޗް.ޑީ ހާސިލްކުރެއްވުމުން މަރުހަބާ ވިދާޅުވެ ރައީސް ވަހީދުގެ އެފް.ބީގައި މިއަދު ވަނީ ޕޯސްޓެއް ކުރައްވައި، ހިތްވަރު ދެއްވައިފައެވެ. އެ ޕޯސްޓާއެކު ފިދާގެ ފޮޓޯއަކާއި ޕީ.އެޗް.ޑީ ސެޓްފިކެޓްގެ ފޮޓޯއެއް ވެސް ވަނީ ހިމަނައިފައެވެ.

"ދަރިފުޅަށްޓަކައި ބައްޕަ ފަޚުރުވެރިވަމެވެ. ދަރިފުޅު ދުނިޔެއަށް އައީ ބައްޕަގެ ކިބައިންނެވެ. ނަމަވެސް މިއަދު ދަރިފުޅު ވެފައިވަނީ މުޅި އިންސާނިއްޔަތަށްވީ ކުއްޖަކަށެވެ. އަގު ވަޒަންކޮށް މުހިއްމުކަމެއްގެ ގޮތުގައި ދެކެންވީ ދަރިފުޅަށް ހާސިލުކުރެވި ދިޔަ ކަމެއްގެ އެކަންޏެއް ނޫނެވެ. މީގެ އިތުރުން މުސްތަގުބަލުގައި ދަރިފުޅު ހާސިލުކުރަން އެދޭ ކަންކަމުގެ އަގު ވެސް ވަޒަންކޮށް އެއީވެސް މުހިއްމު ކަންކަމުގައި ދެކޭށެވެ." ރައީސް ވަހީދު ވިދާޅުވެފައިވެއެވެ.

ފިދާ، 41، އަކީ ރައީސް ވަހީދުގެ ތިން ބޭފުޅުންގެ ތެރެއިން، ދެ ވަނަ ބޭފުޅާއެވެ. ފިދާގެ ދައްތަ ވިދާދު ވަހީދު އަދި ކޮއްކޮ ޖެފްރީ ސާލިމް ވަހީދު ހުރެއެވެ.

ރާއްޖޭގެ ފަސް ވަނަ ރައީސް، ޑރ. ވަހީދަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޕީ.އެޗް.ޑީ ހާސިލްކުރެއްވި ބޭފުޅާގެ ގޮތުގައި މަޝްހޫރުވެފައިވާ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް