ބާރުގަދަ އެއްޗެއް ގޮއްވާލައިގެން، ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާގައި އެ މަނިކުފާނަށް އަނިޔާ ލިބިވަޑައިގަތުމުގެ އިތުރުން، ސިފައިންނާއި ޢާންމު ބައެއް ރައްޔިތުންނަށް މި ހާދިސާގައި ގެންލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ބައްދަލުކުރައްވައި މި ހާދިސާއާ ގުޅޭގޮތުން ރޭ މަޝްވަރާކުރައްވައިފިއެވެ.
މުލިއާގޭގައި ކުރިއަށްދިޔަ މި ކުއްލި ބައްދަލުކުރެއްވުމުގައި، އެ ހާދިސާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި މިކަން ހިނގާދިޔަގޮތް ތަޙުޤީޤުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ދައުލަތުގެ ވަޒީރުން ވަނީ މި ޢަމަލު ކުށްވެރިކުރައްވައި މިކަން ވީ އެންމެ އަވަހަށް ތަޙުޤީޤުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، މިފަދަ ޙާލަތްތަކުގައި ޤައުމުގެ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވެވިއެވެ.



advertisment
One Response
Mifadha dhashu dharajaige amaluthah abadhuves kuvveri kuran. gaumu mifadha haalathakah vattaalevifai vanee 2004 in feshigen. eyge kurin mibaavathuge amalu thakeh migaumugai nuhigai. zinmaa nagaane meehaku nuvatha bayaku neh. mahithun mifadha kankan hama hurelaafa eh nuvaane. jareemaa hingi meehakah ekasheegenvaa haggu adhabu dhee