ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ހަމަލާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުޚާތަބުކުރައްވަން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫ އަޒީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓީވީތައް މެދުވެރިކޮށް ރައީސް ގައުމާ މުހާތަބު ކުރައްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ @ibusolih މިރޭ ޓީވީތައް މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވާނެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިއްސާކުރާނަން.
— Mabrook Azeez (@MvSpokesperson) May 6, 2021
ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ މަނިކުފާނަށް ގެންދަނީ އޭ.ޑީ.ކޭގައި ފަރުވާދެމުންނެވެ.
މި ހަމަލާއާ ގުޅިގެން ރައީސް ސޯލިހު ރޭ ވަނީ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. އަދި ވަޒީރުންގެ މަޖިލީހުގެ ކުއްލި ޖަލްސާއެއްވެސް ރައީސް ވަނީ ބާއްވަވައިފައެވެ.
ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދީފައިވާ ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވަވައި، މަޝްވަރާ ކުރައްވަމުން އެބަގެންދަވާ. pic.twitter.com/hNjw3KJyxp
— Mabrook Azeez (@MvSpokesperson) May 6, 2021



advertisment