Support Us

އިސްލާމީ މަރުކަޒުގެ ބޮޑު ޖަމާއަތުުގައި ދަމުނަމާދު ކުރުމުގެ ތެރެއިން... -އަދިވެސް ފޮޓޯ

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ކާފިއު ހިންގިޔަސް ދަމުނަމާދަށް މިސްކިތަށް ދެވޭނެ ކަމަށް

ރޯދަ މަހުގެ ފަހު ދިހައިގައި ހިނގައިފައި ވެސް ދަމުނަމާދަށް މިސްކިތަށް ދާން ބޭރަށް ނުނުކުމެވޭ ގޮތަށް މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ކާފިއު ހިންގައިފައި އޮތަސް، ދަމުނަމާދަށް މިސްކިތަށް ދެވޭނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ވިދާޅުވެއްޖެވެ.

"ދަމުނަމާދަށް ދާ ފަރާތްތަކަށް ހިނގާފައި (މިސްކިތަށް) ދެވޭނެ،" އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "އަދިވެސް" އަށް ވިދާޅުވިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި ގަރާރުގައި ވަނީ "މާލެއާއި ހުޅުމާލެއާއި ވިލިނގިއްޔާއި ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލޭގައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން ފަތިހު 4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެއުޅުން ހުއްޓައިލުމަށް" އަންގައިފައެވެ.

"އެހެންނަމަވެސް މި ވަގުތުގައި ޕޮލިހުންގެ ހުއްދަޔާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ." އެ ގަރާރުގައިވެއެވެ.

ރޯދަ މަހުގެ ފަހުދިހައިގެ ރޭތައް ފެށުމާއެކު މާލޭގައި 14، ހުޅުމާލޭގައި ތިނެއް އަދި ވިލިމާލޭގައި އެއް މިސްކިތުގައި ވަނީ ދަމުނަމާދުކުރަން ފަށައިފައެވެ. އާއިލާއާއެކު ވަރަށް ގިނަ ބަޔަކު ހުޅުމާލެ އާއި މާލޭގެ މިސްކިތްތަކަށް ދަމުނަމާދަށް ދެއެވެ.

ދަމުނަމާދު ކުރަނީ ދަންވަރު 2 އިން ފެށިގެން 3:30 އަށެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވެސް ބުނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ދަމުނަމާދަށް މިސްކިތަށް ދެވޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް