Support Us

ދަމުނަމާދަށް މިސްކިތަށް ނުދެވޭ ގޮތަށް މާލެ ސަރަހައްދުގައި ކާފިއު ހިންގައިފި

ރޯދަ މަހުގެ ފަހު ދިހައިގައި ހިނގައިފައި ވެސް ދަމުނަމާދަށް މިސްކިތަށް ނުދެވޭ ގޮތަށް މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ކާފިއު ހިންގައި، އެކަން އިއުލާންކޮށްފިއެވެ.

"…ބުނެވިދިޔަ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން، ވަކިގޮތެއް އަންގަންދެން، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެ) ގައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9 އިން ފަތިހު 4 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެއުޅުން ހުއްޓައިލުމަށް އަހުރެން އަންގަމެވެ. އެހެންނަމަވެސް މި ވަގުތުގައި ޕޮލިހުންގެ ހުއްދަޔާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ." ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި ގަރާރުގައި ވެއެވެ.

މަތީގައިވާ ފިޔަވަޅުން، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށް ވެސް އެ ގަރާރުގައި ވެއެވެ. އެއީ؛
1. ސިފައިންނާއި ފުލުހުން.
2. ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު.
3. އެމްބިއުލަންސް.
4. ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ) ގެ ފާސް ލިބިފައިވާ ފަރާތްތައް.
5. އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް.

"މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރު ން، އަހުރެން ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަހުރެން އަންގާ ގޮތެއްގެ މަ ތީން ޢަމަލުކުރެވޭނެއެވެ. އަދި އިސްވެ ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޛު ކުރުމުގައި، ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ ދިވެހި ފުލުހުންގެ ޚިދުމަތުންނާ އި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުންނެވެ."

ރޯދަ މަހުގެ ފަހުދިހައިގެ ރޭތައް ފެށުމާއެކު މާލޭގައި 14، ހުޅުމާލޭގައި ތިނެއް އަދި ވިލިމާލޭގައި އެއް މިސްކިތުގައި ވަނީ ދަމުނަމާދުކުރަން ފަށައިފައެވެ. އާއިލާއާއެކު ވަރަށް ގިނަ ބަޔަކު ހުޅުމާލެ އާއި މާލޭގެ މިސްކިތްތަކަށް ދަމުނަމާދަށް ދެއެވެ.

ދަމުނަމާދު ކުރަނީ ދަންވަރު 2 އިން ފެށިގެން 3:30 އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ﷲގަންދީ ބުނަން..
    އިލާހީޤާނޫނުގެ މައްޗަށް ހެދިގެންދާ އެހެން ޤާނޫނުތައް އެބަޖެހޭ ހަމަބިމަށް ގެންނަން..
    ދަމުނަމާދުވެސް މިސްކިތުގައި ކުރެވޭނެ. ތަރާވީޙު ނަމާދުވެސް ޖަމާޢަތުގައިވެސް ކުރެވޭނެ .
    ރާއްޖޭގައި ކޮވިޑް އުޅޭކަމަށްވަނީ މިހާރު ރޭގަނޑު 9ން ފަތިހު 4ށް. އެއީ ސިޔާސީ ކޮވިޑް.ހިތާމަހުރި..????????????

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް