Support Us

އައިޝަތު ރަޝީދު (މ) ޖެންޑަރ މިނިސްޓަރު އާއިޝާއާއެކު ބައްދަލުވުމެއްގައި -ފޮޓޯ: ޖެންޑަރ މިނިސްޓްރީ/އެފް.ބީ

ޖެންޑަރ މިނިސްޓްރީގައި ތިއްބެވި ދެ ވެރިން ހެލްތަށް

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ވެރިންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކު ހެލްތު މިނިސްޓްރީއަށް މިއަދު ބަދަލު ކުރައްވައިފައެވެ. މިގޮތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމަށް ޢާއިޝަތު ރަޝީދު، އަދި މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަގާމަށް ޢަބްދުއްޝުކޫރު ޢަބްދުލްހަކީމް މިއަދު ވަނީ ޢައްޔަންކުރައްވައިފައެވެ.

މީގެ ތެރެއިން ޢާއިޝަތު ރަޝީދު މީގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމުގައެވެ. އަދި ޢަބްދުއްޝުކޫރު ޢަބްދުލްހަކީމް ހުންނެވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ނައިބުގެ މަގާމުގައެވެ.

ޖެންޑަރ މިނިސްޓްރީން ހެލްތު މިނިސްޓްރީއަށް ބަދަލުކުރެއްވި ޢާއިޝަތު ރަޝީދުގެ ފޭސްބުކްގައި އޭނާ މިއަދު ވިދާޅުވެފައި ވަނީ "ދުވަސްގަނޑަކަށްފަހު މިއަދު ވަރަށް ވަރަށް އުފާވެއްޖެ" ކަމަށެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް ޑްރަގް އެޖެންސީ"އަކީ، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ހަމަޖައްސަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް