Support Us

ޗައިނާ މެޗު ކުޅޭނެ ތަނެއް އަދި ކަށަވަރުނުވޭ

ވޯލްޑްކަޕު ކޮލިފައިންގައި ޗައިނާއާ އެކު އަންނަ އޮކްޓޫބަރުގައި ރާއްޖެ ކުޅެންޖެހޭ ރަށުން ބޭރު މެޗު އެ ތާރީހުގައި ކުޅެވޭނެ ކަމެއް، އަދި ކުޅޭނީ ކޮން ތަނެއްގައިކަން މުޅިން ކަށަވަރުނުވާ ކަމުގައި އެފް.އޭ.އެމުން ބުނެފި އެވެ.

އެފް.އޭ.އެމުން ބުނީ އޮކްޓޫބަރު މަހު އަށް ވަނަ ދުވަހު، ވެރިރަށް ބީޖިންގައި ކުޅެން އޮތް މެޗަށް، ކޮވިޑް19ގެ ސަބަބުން ހުރަސްތައް ކުރިމަތިވެފައިވާތީ، މެޗު ކުޅޭނެ ސިޓީއެއް އަދި ކަށަވަރުނުވާ ކަމަށެވެ. ނަމަވެސް، ރޯގާއަށް ވަމުންދާ ގޮތެއް ބަލައި، އެ މެޗަށް ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެފް.އޭ.އެމުން ބުނެއެވެ.

ކޮވިޑް ރޯގާ ފެތުރެމުންދާތީ މެދުކަނޑާލުމަށްފަހު، ގައުމީ ޓީމުގެ ޕްރެކްޓިސް މިދިޔަ ހަފުތާގައި ވަނީ އަލުން ފަށައިފަ އެވެ. މިހާރު ތާވަލްކުރެވިފައިވާ ގޮތުން ގައުމީ ޓީމު އެންމެ ފުރަތަމަ މެޗެއް ކުޅޭނީ ޗައިނާ އާއެވެ. އެއަށްފަހު އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅެފައި، ގްރޫޕްގެ އެންމެފަހު މެޗުގައި ނޮވެމްބަރު 17 ގައި ރާއްޖެ ވާދަކުރާނީ މެނީލާގައި، ފިލިޕީންސް ޓީމާ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ދަނީ ނެދަލެންޑްސްގެ އާ ކޯޗު، މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުންނެވެ. ތަޖުރިބާކާރު ކޯޗުގެ އަމާޒަކީ ސާފް ސުޒުކީ ކަޕް ދިފާއުކުރުމާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައި ކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *