Support Us

ސާފް ޗެމްޕިއަންޝިޕް 2018ގެ ތައްޓާާއެކު ދިވެހި ޓީމު އުފާކުރަނީ –ފޮޓޯ:އެފް.އޭ.މޯލްޑިވްސް

ސާފް ސުޒުކީ ކަޕް ކޮވިޑްގެ ސަބަބުން އަންނަ އަހަރަށް ފަސްކޮށްފި

ކޮވިޑް ރޯގާ ފެތުރެމުންދާތީ، ސާފް ސުޒުކީ ކަޕް ފުޓުބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

އެފް.އޭ.އެމުން ބުނީ ބަންގްލަދޭޝްގައި މި އަހަރު ސެޕްޓެމްބަރުގައި ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކުރި ނަމަވެސް، ވަކި ތާރީޚެއް އަދި ކަނޑަނާޅާ ކަމަށެވެ. ފަސޭހަކަމާއެކު ފެތުރެމުންދާ ކޮވިޑް ރޯގާއަށް ވަމުންދާ ގޮތް ބެލުމަށްފަހު، ދުވަހެއް ކަނޑައަޅާނީ މެމްބަރު ގައުމުތަކުގެ މެދުގައި އިތުރަށް މަޝްވަރާކުރުމަށްފަހު ކަމަށް ވެސް އެފް.އޭ.އެމުުން ބުނެ އެވެ.

ސީނިއަރ ގައުމީ ޓީމު ވާދަކުރާ މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ ވެސް ރާއްޖެ އެވެ. އެއީ 2018 ގަ އެވެ. މި މުބާރާތުގެ ތަށި ރާއްޖެ ފުރަތަމަ ހޯދީ، އޭގެ 10 އަހަރު ކުރިން، 2008 ގައި ލަންކާގައި ބޭއްވި ފަހަރު އިންޑިއާ ބަލިކޮށްފައެވެ.

ކޮވިޑް ރޯގާ ފެތުރެމުންދާތީ މެދުކަނޑާލުމަށްފަހު، ގައުމީ ޓީމުގެ ޕްރެކްޓިސް މިދިޔަ ހަފުތާގައި ވަނީ އަލުން ފަށައިފަ އެވެ. މިހާރު ތާވަލްކުރެވިފައިވާ ގޮތުން ގައުމީ ޓީމު އެންމެ ފުރަތަމަ މެޗެއް ކުޅޭނީ ޗައިނާ އާއެވެ. އެއަށްފަހު އޮކްޓޫބަރު 13 ވަނަ ދުވަހު މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅެފައި، ގްރޫޕްގެ އެންމެފަހު މެޗުގައި ނޮވެމްބަރު 17 ގައި ރާއްޖެ ވާދަކުރާނީ މެނީލާގައި، ފިލިޕީންސް ޓީމާ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ދަނީ ނެދަލެންޑްސްގެ އާ ކޯޗު، މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުންނެވެ. ތަޖުރިބާކާރު ކޯޗުގެ އަމާޒަކީ ސާފް ސުޒުކީ ކަޕް ދިފާއުކުރުމާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދިނުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *