މިވަރަކުން މިއޮޑިން މަހަށް ދެން ދިޔުމުގައި ނެތް ބޭނުމެއް
މިފަދަ ދެރަކޮށް ފަޅުވެރީންނާމެދު ހަދާނެތް މިވަރު ކެޔޮޅެއް
ކޮންކަހަލަ ކެޔޮޅެއްހެ މީދެން، ފަޅުވެރީންނަށް ދޭނެ އެއްޗެއް
އޮންނަ ކަމަކަށް ނުހަދައޭ ހަމަ ތެލުގެ ޚަރަދު ކަނޑާފައެއް
މަސްކިރައިގެން ފެލިވަރާ ކޫއްޑޫން ލިބޭއިރު ލައްކަ ލައްކައިން
މަސް ނިމޭއިރު މީހަކަށް ލިބެނީ ބަހާފައި އެންމެ ހާހެއް
ފަޅުވެރިންނަށް ވެސް މިކަން ރެއަކާ ނުލާނޭ ވާގޮތެއް،
އަބަދުވެސް ހަމަ ދައްކަނީ އިންޖީނު ހެދުމާ ތެލުގެ ޚަރަދެއް
ފަޅުވެރީންނަށް ދައްކައެއް ނުލައޭ ހިސާބު ކިތާބު ވެސް
ފަޅުވެރިން މާޔޫސް ވަނީ ނޭނގޭ ކަމުންނޭ ވާނުވާއެއް
އޮޑިވެރިންނާ ކެޔޮޅުވެސް ބައިވެރިވެގެން މިކުރާ ކަމެއް
އޮޑި މިއޮށް ބާނާ މަހުން ދެން ފަޅުވެރީންނަށް ހަމަ ސުމެއް
ކޮންމެ ހަފުތާއެއް ނިމޭއިރު ފަޅުވެރީންނަށް ދެއްކުމަށް
އޮންނަނީ އިންޖީނަށާއި ތެލަށް ކުރާ ޚަރަދުގެ ބިލެއް
މިފަދަ ބޮޑު މަކަރެއްހަދާ ކެޔޮޅެއްގެ ދަށުގައި މިގޮތަކަށް،
މިވަރަކުން މަހަކަށް ހިލާ، ނުދެވޭނެޔޭ މީ މޮޔަ ކަމެއް
މާކުރީގައި މިއޮޑި ދުއްވަން އުޅުނު ކެޔޮޅެއް، ހާދަ ރަނގަޅޭ
"ކައިފަވެސް" ފަޅުވެރި ކުދީންނަށް ދޭނެ، އުޅެވޭ ވަރުގެ އެއްޗެއް

One Response
ހާލަތާ ގުޅޭ ސަޅި މާނަ ފުން..