ލޯބީގެ ރީތި ރާގެއް އިއްވައިފި ވިންދުތައްްވެސް
ލޯބީގެ މަސްތުގައި ޖެހި ވީ ބޭގަރާރު ހިތްވެސް
ތަރުތީބުކޮށް މި ހިތުގައި ޖަޒުބާތު އުތުރިއެރުމުން
ތަރުޙީބުގައި އެ ލެފިލީ ބީހޭށެ ރޯޅިވައިވެސް
ފިނި މެންދަމާ ގުޅޭހެން އާލާވެދާ ހަނދާންތައް
ނުނިދާ އޮތުން އެކުރަނީ ލާޒިމް މަށަށް މިރޭވެސް
ފުރިހަމަ އަދާތަކުންނޭ ކުޅެނީ ހިތާ ލަތީފީ
ދިރި އޮތް ހިތެއް މި މޭގައި ވާކަން ޔަޤީންވުމުންވެސް
މީޒާންވެ ފޮނި އަސަރުތައް ސީދާ ހިތާ ދިމާއަށް
ތާޒާކަަމެއް އުފެއްދީ ޖިސްމާއި ރޫޙުގައިވެސް
ހުވައޭ ހިތަށް އަރާމާ ލައްޒަތު ލިބޭ އުފަލުގައި
ވެވުމުންނެ ލޯބި އެނގެނީ ލޯބީގެ އިންތިހާވެސް