Support Us

ޒަކާތް ދައްކައިފިންތަ؟

ފަރުޟުވާނެ ޒަކާތް، ޝަރުޢުގެ މަތިވެރި މަގުގައި
ދަރުމަވެތި މާތް ދީނުގެ ތިންވަނަ ރުކުނުގެ ގޮތުގައި

ނަފުސުގައި ހުރި ދަބަރެއް ތާހިރުކުރެޔޭ މި ކަމުން
ހަފުސުކޮށްލާށެ ނުބައި ހުރިހާ ޢަމަލެއް އެކުގައި

ފިޠުރު ދީ ބެހުމަށް ވާޖިބުވޭ ކުދިބޮޑު އަޚުނަށް
މިތުރުނަށް ލިބިދެވެނީ، ޢާއްމުވެގެންދާ ގޮތުގައި

މުދަލުނާ ނަފުސުން ވާޖިބު ޞަދަޤާތް ދިނުމީ
އުނދަގުލެއްކަމު ނުބަލައި، ދިނުމެ އޮތީ ހެޔޮ ގޮތުގައި

ހަރު މުދާ އެއްކުރި ހުރިހާ، ޙައްޤު ނުދީ ހިފެހެއްޓީމާ
ކަރު ވަށައިގެން އެ މުދާތައް އެޅެޔޭ މަޙުޝަރުގައި

މުދަލުގައި ޙައްޤު އޮތަސް ބައިކުޅަބައި ހިފެހެއްޓީމާ
އުނދަގުލާ ވޭނާ ކެކުޅުން ލިބެޔޭ މަޙުޝަރުގައި

އެއްކުރި ހުރިހާ މުދަލެއް ދޮންވެވި ކަޅު އަލިފާނުން
ނިތްކުރީގައި ތައްޖެހެޔޭ، ވާނަމަ ޙައްޤެއް އޭގައި

އުނިވުމެއް ނޫނެ ދިނީމާ އެވަނީ، ލިބެނީ ނަފައޭ
ކުނިފިލައި ތާހިރުކަން ލިބި، މުޅި މުދަލަށް އެކުގައި

ހޭދަކުރަނީ ނަމަ މުދަލުން އިތުރުވެ ހެދެޔޭ ކުރިލައި،
އޭ، ދަވާއޭ ނަފުސަށް އޮތް މޮޅު ފަރުވާ ކަމުގައި

ރޯދައިގެ ސަވާބާ އަޖުރާ ފުރިހަމަކޮށް ގިނަ ކޮށްގެން
ހޯދާން އެދި މާޒީ ގޮވަމޭ މުޚުލިޞް ހިތަކާ އެކުގައި

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *