ފާއިތުވެގެން ދިޔަ ދުވަހަކަށް، އަލަކުން އިރެއް ނާރާނެއޭ
ދާ އިރު ފުރާނަ މި ނުކުމެގެން، ވަގުތެއް އިތުރު ނުލިބޭނެއޭ
އުނިކަން ހަޔާތުގެ އެޅުވިހާ ފިޔަވަޅުތަކުން ލިއްބައި އެ ދިން
ދުނިޔޭގެ އުފަލާ، ލައްޒަތާ، ލިބުމެއް ޔަޤީން ނުމެވާނެއޭ
އުޅުމާ ޢަމަލު ފާސިދުވެގޮސް، ޞަފްހާ ހަޔާތުގެ ފުރުވިހާ
ހުޅުވައި އަލުން ފުހެފައި ބަދަލުކުރެވެން ވަގުތު ނޯންނާނެޔޭ
ފަޅުކަން ހަޔާތުގެ ފިލުވުމަށް ދުނިޔޭގެ ދަޅައަށް ހެއްލިގެން
އަޅުކަންތަކަށް ޣާފިލްވުމުން ތަޢުބާ ފަހުން ނުވެވޭނެއޭ
އާރާއި ބާރާ ދުނިޔެއިން ލިބުނަސް ގޮވައިލީމާ އަޖަލު
ނުރުންވުމެއް ދައްކައިލުމަށް އެސްފިޔަވިޔަސް ނުގުޑޭނެއޭ
ދާނުން މަލުގެ ހޯދުނު އުފާ، ޖިސްމާއި ހަށި އަންދާލުމުން
ބޭނުންވިޔަސް ނަފްސަށް އެނބުރި އައުމެއް އެދުހު ނޯންނާނެއޭ