Support Us

ކުޅަނދުރު ހަތަޔަށް ގާ ނޫކާތި!

މިއޮއް "ރޯމާ ދުވާލު" ބަލަން މިގައުމުގެ ރައްޔިތުން ތިއްބާ
މިއޮއް "ހަޑި ހޮވުމަށް ފަހުގައި" އެކަން ފޮރުވަން ތިހެން ނޫޅޭތި!

އަމިއްލަ އެދުންތަކެއް އޮވެގެން އަމިއްލަ ވޮލެޓު ފުރާލައިގެން
އަމިއްލަ އަތުން ހެދޭގޯސްތައް ރަނގަޅު ކަމަކަށް ހަދަން ނޫޅޭތި!

ތިމާ އަދި ލޯބިވާނަމަވެސް ތިމާގެ އެ މައި ބަފައިން ނަމަވެސް
ދިމާޔަށް ފެންނަ ކުށް ކުރުމުން އެއަށް ފަސްލާން ތިހެން ނޫޅޭތި!

މިތާ ކަންކަން ހިނގާނުހިނގާ ބަލަން ހޭލައި މިހެން ތިއްބާ،
މިގައުމުގެ ރައްޔިތުން ނިދިފައި ތިބީ ކަމުގައި ހަދަން ނޫޅޭތި!

އެދޭ ޝަރަފާއި ބާރާ ބިންތަކާ ކަނޑުފަޅު ހިބައިން ދީފައި،
ފުދޭ ހެކިތައް މިހެން ހުއްޓާ ނުދޭ ކަމުގައި ހަދަން ނޫޅޭތި!

ކުށެއް ކޮށްފައި ކުށަށް ތައުބާ ނުވާހާލުން އެކަން އޮށްބައި،
ކުށެއް ނޫންކަން އެއީ ދައްކަން "ރަނުން ގިރިޓީކުރަން" ނޫޅޭތި!

ފެނާ އަލިފާން ނުއެނގި ތިބި މާ ކުރީ ޤަރުނެއްގެ ޙާލަތުގައި
ހިނގައިދިޔަ ކަންކަމާ މިއަދާ އަޅައި އެއް ހަމަ ކުރަން ނޫޅޭތި!

މިތާ ފަރުދެއް ކަމަށް ވީތީ ކުރާ އަސަރުން ބުނާ ވާހަކަ،
ތިމާ ގައުމިއްޔަ އިޙްސާސެއް ނެތަސް ދެކޮޅަށް ފަށަން ނޫޅޭތި!

މިތާ ހުރި ގޯސްތަކާ ހަޑި މިލަ އެކީ ފޮހެލަން ވަޢުދުކޮށްފައި
މިތާ މާޒީވެ ދިޔަ ކަންކަން އަލުން ދިރުވަން ތިހެން ނޫޅޭތި!

އެނގޭ ބައިވަރު އެތައް ސިއްރެއް އެނގޭ މީހުން ތިބޭނެ ކަމާ،
"ތެޅޭނެ ކަމަށް ބަލައި ބިސް ހާއްޔަކަށް ދަނޑިލައި ހަލަން" ނޫޅޭތި!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *