Support Us

މިގައުމު ހަލާކުކޮށްލީ ކޮންބައެއް؟

"މިޤައުމު ހަލާކުކޮށްލީ ޙާކިމުން ޝަރްޢީ ނުބައި ހެދިގޮތް"
މިތާ ޝަރްޢީ ޙުކުމް ނެރެ "މާރުކޭޓަށް ވިއްކުމުން" ވީގޮތް

ކަމެއްގައި އެއްކަމެއްގައި"ތިން އަގެއްގައި ތިން ޙުކުމް ކުރުމާ"
ބިރެއް ނެތް ޙާލުގައި ރިޝްވަތު ނަގައިގެން ތިބެ ޙުކުމް ކުރި ގޮތް

ނުބައި އެކިއެކި ޖަރީމާ ހިންގި އެކިއެކި ޚާއިނުންނަށް ވެސް،
ބުނާ ޢަދަދެއް ދިނީމާ "ސާބިތެއް ނުވެޔޭ" ޙުކުމް ކުރި ގޮތް

ވަކިން ވަކި ފަރުދަކާ މެދު ހުށައަޅާ މަސްއަލަ "ބިޑަށްލާފައި"
މަތީ އަގު ހުށައަޅައިފި ފަރާތަކަށް ނިންމައި ދެމުން ދިޔަ ގޮތް

މިގައުމުގެ ކުރިމަގާ މެދުގައި އޮތީ މުސްތަޤްބަލެއް އަދިވެސް،
މިޤައުމުގެ ޢަދުލު އިންސާފުގެ "ޙުކުމް ވިއްކާ ނުލާ ވާ ގޮތް"

ނުބައި ޙުކުމާއި ފާޙިޝް ޢަމަލު ތަކުގައި ޙައްދު ފަހަނަ އެޅުން،
ނުހަނު ބިރުހުރި ކަމެއް ކަމުގައި ބަލައި ނުމެލާ އެ ނިންމާ ގޮތް

މިޤައުމުގެ ޕާލަމެންޓާ ޖުޑިޝަރީ މަސްހުނިވެގެން ދިއުމުން،
މިގައުމުގެ އަދުލު އިންސާފަށް ދިމާވީ އަދި ވަކިން ދެރަ ގޮތް

މިގައުމުގެ ޢަދުލު އިންސާފުގެ ތެރެއިން ދޫކުރި "ހިބަރުވަދަކުން"
މިގައުމުގެ "ދިމަޤްރާޠީ ރިޝްވަތުން" މުޑުދާރު ކޮށްލީ ގޮތް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *