Support Us

މިތަނަކަށް ނެތް ރަނގަޅު ނިޒާމެއް

ބަރުލަމާނީ އަދި ރިޔާސީ، ނެތް މިތާކަށް ވަކި ނިޒާމެއް
ކަރު ހިފައި ހަނގުރާމަކޮށް ގެންނާކަށެއް ނެތް ހެޔޮ ނިޒާމެއް

އޭގެ ޒާތުން އޮވެ ހިނގާ އެއްޗެއް މެނޫނެ ނިޒާމަކީ
އޭގެފަހަތުން ތިބި ބަޔަކު ތެދުވެރި ނުވަންޏާ ކޮން ނިޒާމެއް

ކޮންމެ ކަހަލަ ނިޒާމަކަސް އެނިޒާމު ހިންގަން ތިބި ބަޔަކު،
އޮންނަ އަނިއާ ޔާ، ފަސާދަ، އެއަށް ކިޔާނީ ކޮން ނިޒާމެއް

ވައްކަމާ މަކަރާ ޚިޔާނާތާ ކޮރަޕްޝަން އިންތިހާ،
ހައްދު ފަހަނަ އަޅައި ނިޒާމަށް ދެން ކިޔާނީ ކޮން ނިޒާމެއް

ބޮޑުވަޒީރާ ރަސްގެފާނާ މަތިގެއާ އަދި ތިރި ގެޔާ
ބޮޑު ކަތީބާ ކުޑަ ކަތީބުގެ ކޮރަޕްޝަނަކީ ކޮން ނިޒާމެއް

ކޮންމެ ގާނޫނާ ގަވާއިދަކަށް ބަދަލު އަދި ގެނަޔަކަސް
ކޮންމެ ކަމަކަށް ރިޝްވަތާ ވައްކަން އޮތީމާ ނިޒާމެއް

ވަކި އޮފީހެއް ޖުޑިޝަރީއެއް ވަކި ކައުންސިލަކާއި، ކޯޓެއް،
"ދަނޑި ނުބާނާ އެއްތަނެއްވެސް ނެތް" އެއީ ކޮންފަދަ ނިޒާމެއް

ފާޑުފާޑު ނިޒާމު އަދިވެސް ގެނައުމަށް ބޭނުން ވަނީ،
"ކާނެ ވަރަކަށް ކާނެ މަގު" ފަހިވާ ކަހަލަ، އަދިވެސް ނިޒާމެއް

މީހަކަށް މީހެއްގެ އަބުރަށް ދީނަކަށް ގާނޫނަކަށް،
މީގެ ފައިދާ އެއް ނުވާނަމަ، ކީއް ކުރާކަށް، ކޮން ނިޒާމެއް

އަބަދު ގައުމުގެ ރައްޔިތުންނަށް ދޮގުހަދައި އޮޅުވާލުމާ،
ރަހުނުކޮށް މުޅި ގައުމު ވިއްކާލާ ނިޒާމެއް، ކޮން ނިޒާމެއް

"ރަށު ކަތީބާ، ކާޑުގެޔަކާ، ނައިބަކާ އެކު ދުއްރައެއް،
ރަށުގެ ފެންވަރުގައި ދިނީމާ ޚަރަދު މާ ކުޑަވާ ނިޒާމެއް"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *